އަދާލަތު ޕާޓީގެ ރައީސް ހޮވަން 2،000 މީހުން ވެސް ވޯޓު ނުލާ!
އަދާލަތު ޕާޓީގެ ރައީސް ކަމަށް ބޭފުޅަކު ހޮވުމަށް އިއްޔެ އޮންލައިން ކޮށް ބޭއްވި އިންތިހާބުގައި ވޯޓު ލީ 1,835 މީހުން ކަމަށް އެ ޕާޓީން ބުުނެފިއެވެ.
އަދާލަތު ޕާޓީގެ ރައީސަކު ހޮވުމަށް ފަހިވަހި ޕޯޓަލް މެދުވެރިކޮށް ބޭއްވި އިންތިހާބު ކާމިޔާބު ކުރީ ޕާޓީގެ ނައިބު ރައީސް ނައިބު ރައީސް ޝައިޚް މުޙައްމަދު ޝިފާނެވެ. އޭނާއަށް 99 ޕަސެންޓު ވޯޓު ލިބުނުއިރު، ޑރ. އިކްރާމް ޢަބްދުއްސައްތާރަށް ލިބުނީ އެންމެ ޕަސެންޓެކެވެ.
ޕާޓިއިން އާންމު ކުރި ނަތީޖާގައިވާ ގޮތުން އިންތިހާބުގައި ވޯޓުލުމުގެ ހައްގު 8،340 މެންބަރުން ލިބުނުނަމަވެސް އިންތިހާބުގައި ވޯޓު ލާފައިވަނީ 1،835 މެންބަރުންނެވެ. އެއީ 22 ޕަސެންޓެވެ.
ގިނަ އަދަދެއްގެ ދީނީ އިލްމުވެރިން ހިމެނޭ ޕާޓީއަށް އޮންނަ ތާއީދު ކުޑައިރު, އިންތިހާބު ބާއްވާފައިވަނީ ވެސް އެތެރޭގެ ހިޔާލުތަފާތުވުންތަކާއެކުގައެވެ. އިންތިހާބުގައި ވާދަކުރެއްވި އިކްރާމް ވަނީ އިންތިހާބު ބޮއިކޮޓް ކުރާނެ ކަމުގެ އިންޒާރާއެކު, ގިނަ ތުހުމަތުތަކެއް ވެސް މީގެ ކުރިން ކޮށްފައެވެ.
ޕާޓީ ތެރޭގައި ހިޔާލުތަފާތުވުން އުފެދުނީ އޮންލައިން ކޮށް ވޯޓު ލުން ކުރިއަށް ގެންދާތީއެވެ.







ރިއެކްޓް