ޚަބަރު

ވައްކަމާއި ފޭރުމުގައި ގެއްލުނު 8 ލައްކައަށްވުރެ ގިނަ ރުފިޔާ އަނބުރާ ހޯދައިފި

19 ޖުލައި 2026 - 16:08
ވައްކަމާއި ފޭރުމުގައި ގެއްލުނު 8 ލައްކައަށްވުރެ ގިނަ ރުފިޔާ އަނބުރާ ހޯދައިފި

ވައްކަމާއި ފޭރުމުގެ އެކި މައްސަލަތަކުގައި ގެއްލުނު ފައިސާގެ ތެރެއިން 826,000 އަށްވުރެ ގިނަ ރުފިޔާ ދިވެހި ފުލުހުންގެ ހިދުމަތުން އަނބުރާ ހޯދައިދީފި އެވެ.

ފުލުހުން މިކަން ހާމަކޮށްފައިވަނީ މި މަހުގެ 5 އިން ފެށިގެން 11 އަށް ކުރިއަށް ގެންދިޔަ މަސައްކަތްތަކުގެ ތަފާސްހިސާބުތައް އާންމުކުރަމުންނެވެ.

ފުލުހުން އާންމުކޮށްފައިވާ ތަފާސްހިސާބުތަކުން ދައްކާގޮތުގައި، މިދިޔަ ހަފުތާއެއްހާ ދުވަހުގެ ތެރޭގައި ޖުމްލަ 838,434 ރުފިޔާގެ ތަކެތި ވައްކަންކޮށްފައިވާ ކަމަށް ރިޕޯޓުކޮށްފައިވެ އެވެ. މީގެ ތެރެއިން ޖުމްލަ 826,730 ރުފިޔާގެ ތަކެތި ފުލުހުން ވަނީ އަނބުރާ ހޯދާފައެވެ. މިއީ ގެއްލުނު ފައިސާގެ 98 އިންސައްތައަށްވުރެ ގިނަ އަދަދެކެވެ.

މައްސަލަތައް ހުށަހެޅުނު ގޮތަށް ބަލާއިރު، އެންމެ ގިނަ އަދަދެއްގެ ފައިސާ ގެއްލިގެން ރިޕޯޓުކޮށްފައިވަނީ މާފަންނު ޕޮލިސް ސްޓޭޝަނަށެވެ. އެގޮތުން މާފަންނު ފުލުހަށް 407,553 ރުފިޔާގެ މައްސަލަ ހުށަހެޅިއިރު، ގަލޮޅު ފުލުހަށް 203,968 ރުފިޔާ، ހެންވޭރު ފުލުހަށް 200,578 ރުފިޔާ، އަދި އެއަރޕޯޓު/ޓޫރިސްޓް ފުލުހަށް 26,335 ރުފިޔާގެ މައްސަލަ ހުށަހަޅާފައިވެ އެވެ.

ފުލުހުން ހޯދި ފައިސާގެ ތަފްސީލަށް ބަލާއިރު، މާފަންނު ފުލުހުން ވަނީ 396,888 ރުފިޔާ ހޯދާފަ އެވެ. ގަލޮޅު ފުލުހުން 225,215 ރުފިޔާ ހޯދާފައިވާއިރު، ހެންވޭރު ފުލުހުން ވަނީ 175,250 ރުފިޔާ ހޯދާފަ އެވެ. މީގެ އިތުރުން އެއަރޕޯޓު އަދި ޓޫރިސްޓް ފުލުހުން 26,335 ރުފިޔާ ހޯދާފައިވާއިރު، ވިލިމާލެ ފުލުހުން ވަނީ 3,042 ރުފިޔާ ހޯދާފަ އެވެ.

މި މުއްދަތުގެ ތެރޭގައި ވައްކަން ކުރި އެންމެ ގިނަ ސާމާނު ހޯދާފައިވަނީ މާފަންނު ސްޓޭޝަނުންނެވެ. ދެވަނައަށް އެންމެ ގިނައިން ތަކެތި ހޯދާފައިވަނީ ގަލޮޅު ޕޮލިސް ސްޓޭޝަނުން ކަމަށްވާއިރު، ތިންވަނައިގައި އޮތީ ހެންވޭރު ޕޮލިސް ސްޓޭޝަނެވެ. ފުލުހުން ބުނީ ވައްކަން ކުރި ތަކެތި އަނބުރާ ހޯދުމަށް ގިނަ މަސައްކަތްތަކެއް ކުރެވިފައިވާ ކަމަށެވެ.

ރިއެކްޓް

ރަނގަޅު ރަނގަޅު 0
ސަކަރާތް ސަކަރާތް 0
ލޯބި ލޯބި 0
މަޖާ މަޖާ 0