ޚަބަރު

އޭދަފުށީ މޫދުގައި އުމުރުން ދުވަސްވީ މީހަކު ނިޔާވެފައި އޮއްވާ ފެނިއްޖެ

14 ޖުލައި 2026 - 10:11
އޭދަފުށީ މޫދުގައި އުމުރުން ދުވަސްވީ މީހަކު ނިޔާވެފައި އޮއްވާ ފެނިއްޖެ

ބ. އޭދަފުށީ ބަނދަރު ސަރަހައްދު މޫދުގައި މީހަކު ނިޔާވެފައި އޮއްވާ ފެނިއްޖެއެވެ.

މި ހާދިސާގެ ރިޕޯޓް ފުލުހުންނަށް ލިބިފައިވަނީ 2026 ޖުލައި 14 ވާ އަންގާރަ ދުވަހުގެ ހެނދުނު 7:55 އެހައިކަންހާއިރު ކަމަށް ފުލުހުން މައުލޫމާތު ދެއެވެ.

މި ހާދިސާގައި ނިޔާވެފައި އޮއްވާ ފެނިފައިވަނީ ބ. އޭދަފުށީ، ސީސަންގެ، ޢަލީ ޢަބްދުﷲ (82އ) އެވެ. އޭނާ ފެނުނު އިރުވެސް އޮތީ ނިޔާވެފައި ކަމަށް މައުލޫމާތު ލިބެއެވެ.

އޭދަފުށިން ވާހަކަދެއްކި މީހަކު ބުނި ގޮތުގައި، ރޭ އިރާކޮޅުވެސް ބައެއް މީހުންނަށް ޢަލީ ޢަބްދުﷲ ފެނިފައިވެއެވެ. ނަމަވެސް އޭނާ މޫދަށް އެރުނު ގޮތެއް ނުވަތަ މި ހާދިސާ ހިނގަން މެދުވެރިވި ސަބަބެއް އެއްވެސް ބަޔަކަށް އަދި ސާފެއް ނުވެއެވެ.

އޭދަފުށީ ކައުންސިލުން މައުލޫމާތު ދިން ގޮތުގައި، ނިޔާވި މީހާގެ ބޭރުފުށުން އެއްވެސް ކަހަލަ ޒަހަމެއް ފެންނާކަށް ނެތެވެ. ނަމަވެސް، މަރުވި ސަބަބު ދެނެގަތުމަށްޓަކައި އިތުރު ޓެސްޓްތައް ހެދުމަށް އޭނާގެ ހަށިގަނޑު ރ. އުނގޫފާރު ރީޖަނަލް ހޮސްޕިޓަލަށް ފޮނުވުމުގެ މަސައްކަތް މިހާރު ދަނީ ކުރަމުންނެވެ.

މި ހާދިސާއާ ގުޅިގެން ބަލަންޖެހޭ ކަންކަން ބަލައި، މި މައްސަލަ ފުލުހުން ގެންދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.

ރިއެކްޓް

ރަނގަޅު ރަނގަޅު 0
ސަކަރާތް ސަކަރާތް 0
ލޯބި ލޯބި 0
މަޖާ މަޖާ 0