ޚަބަރު

އައްޑޫ ސިޓީއާ 580 މޭލު ދުރުން ބިންހެލުމެއް އަތުވެއްޖެ

8 ޖުލައި 2026 - 19:27
އައްޑޫ ސިޓީއާ 580 މޭލު ދުރުން ބިންހެލުމެއް އަތުވެއްޖެ

އައްޑޫ ސިޓީއާ ގާތްގަނޑަކަށް 933 ކިލޯމީޓަރު (580 މޭލު) ދުރަށް ބާރުގަދަ ބިންހެލުމެއް އައިސްފައިވާ ކަމަށް މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސް (މެޓް އޮފީސް) އިން ހާމަކޮށްފިއެވެ.

މި ބިންހެލުން އައިސްފައިވަނީ ޗާގޯސް އާކިޕެލަގޯ ސަރަހައްދަށެވެ.

މެޓް އޮފީހުން ސޯޝަލް މީޑިއާގައި މިއަދު އާންމުކުރި މައުލޫމާތުގައިވާ ގޮތުން، މި ބިންހެލުން އައިސްފައިވަނީ ރާއްޖެ ގަޑިން މިރޭ 18:01 ހާއިރުއެވެ. މިއީ ރިކްޓާ މިންގަނޑުން 5.4 މެގްނެޓިއުޑް ގެ ބާރުމިނުގައި އައި ބިންހެލުމެއް ކަމަށް އެ އިދާރާއިން މައުލޫމާތު ދެއެވެ.

މި ބިންހެލުމާ ގުޅިގެން ރާއްޖޭގެ ސަލާމަތީ ކަންކަމާ ބެހޭގޮތުން މެޓް އޮފީހުން ބުނެފައިވަނީ، "ބިންހެލުމުގެ ސީދާ އަސަރެއް ރާއްޖެއަކަށް ނުކުރާނެ" ކަމަށެވެ. އެހެންކަމުން މި ހާދިސާއާ ގުޅިގެން ރާއްޖެއަށް ސުނާމީގެ ނުރައްކަލެއް ނެތްކަން ވެސް އެ އިދާރާއިން ކަށަވަރުކޮށްދެއެވެ.

ރިއެކްޓް

ރަނގަޅު ރަނގަޅު 1
ސަކަރާތް ސަކަރާތް 0
ލޯބި ލޯބި 0
މަޖާ މަޖާ 0