އަޅުގަނޑު ދެން ގިނަ ވަގުތު ހޭދަކުރާނީ ގަސް އިންދަން: އެޗްޑީސީގެ ސީއޯއޯ
ހުޅުމާލޭގެ ޕާކުތަކާއި ގޮނޑުދޮށްތައް ފެހިކުރުމުގެ ގޮތުން ކުރިއަށް އޮތް ދުވަސްތަކުގައި ގިނަ ވަގުތު ހޭދަކުރާނީ ގަސްއިންދުމުގައި ކަމަށް ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަނުގެ ޗީފް އޮޕަރޭޝަންސް އޮފިސަރ އަހުމަދު އިބްރާހިމް (ޕޮކްމަން) ވިދާޅުވެއްޖެއެވެ.
ސޯޝަލްމީޑިއާގައި ކުރެއްވި ޕޯސްޓެއްގައި އަހުމަދު ވިދާޅުވީ ހުޅުމާލޭ ގޮނޑުދޮށްތަކުގައި އެތައްސަތޭކަ ގަހެއް އިންދާފައި ކަމަށާއި މިއީ ހުޅުމާލޭ ދެވަނަ ފިޔަވަހީގެ ބީޗް ބޮލެވާރޑް ތަރައްޤީކުރުމުގެ މަސައްލަތުގެ މުހިއްމު ބައެއް ކަމަށެވެ.
"މި ގަސްތައް އިންދަން ޖެހޭ ވަގުތަކީ މީގެ 13 އަހަރު ކުރިން ބިން ހިއްކި ދުވަސްވަރު. ނަމަވެސް ދެން އެންމެ ރަނގަޅު ވަގުތަކީ މިހާރު." އެކަށީގެންވާ ވަރަށް ދެވަނަ ފިޔަވަހީގައި ކުރިން ގަސްއިންދިފައި ނެތްކަން ފާހަގަކުރައްވަމުން އަހުމަދުގެ ޕޯސްޓުގައި ބުނެފައިވެއެވެ.
އަހުމަދު ވިދާޅުވީ ގޮނޑުދޮށްތަކުގައި އިންދަމުންދަނީ ތިމާވެއްޓާއި ގުޅޭ ބާވަތްތަކުގެ ގަހެވެ. އެގޮތުން މިހާތަނަށް އިންދާފައިވާ ގަސްތަކުގެ ތެރޭގައި ދިއްގާ، ފުނަ، ކާނި، ހިރުނދު، މިދިލި އަދި ކިނބި ހިމެނޭ ކަމަށް އަހުމަދު ފާހަގަކުރިއެވެ.






ރިއެކްޓް