ބަލަމުންދާ މައްސަލައަކާ ގުޅިގެން ހުޅުދުއްފާރު އިސް މެޖިސްޓްރޭޓް ސަސްޕެންޑްކޮށްފި
ޖޭއެސްސީން މީޑިއާތަކަށް މައުލޫމާތު ދީފައިވާ ގޮތުގައި، އަލީ މުސްތަފާ ސަސްޕެންޑް ކުރަން ނިންމީ އެ ކޮމިޝަނުން ތަހުގީގު ކުރަމުންދާ މައްސަލައިގެ ބާވަތަށާއި، ތަހުގީގަށް މިހާތަނަށް ހޯދާފައިވާ މައުލޫމާތުތަކަށް ރިއާޔަތްކުރުމަށްފަހުގައެވެ. މި ނިންމުމަކީ ޝަރުއީ ދާއިރާގެ އިތުބާރު ނެގެހެއްޓުމުގެ އަސާސްގެ މައްޗަށް ބިނާކޮށް ނިންމާފައިވާ ނިންމުމެއް ކަމަށްވެސް އެ ކޮމިޝަނުން ބުނެފައިވެއެވެ.
ހުޅުދުއްފާރު ކޯޓުގެ އިސް މެޖިސްޓްރޭޓް ސަސްޕެންޑް ކުރުމަށް ޖޭއެސްސީން ކަނޑައަޅާފައިވަނީ 60 ދުވަހުގެމުއްދަތަކަށެވެ. މި މުއްދަތުގެ ތެރޭގައި އޭނާ ހުންނަވާނީ މަސައްކަތުން އެކަހެރިކޮށްފައެވެ.
އަލީ މުސްތަފާއާ ގުޅޭގޮތުން ބަލަމުންދަނީ ކޮން ބާވަތެއްގެ މައްސަލައެއް ކަމެއް އެ ކޮމިޝަނުން ހާމަކޮށްފައެއް ނުވެއެވެ.






ރިއެކްޓް