ޚަބަރު , ސިޔާސީ

އެމްޑީޕީގެ މަގުޗާޓު އެކުލަވާލާ ކޮމިޓީގެ މުގައްރިރަކަށް ފައްޔާޒު

8 ޖުލައި 2026 - 20:21
އެމްޑީޕީގެ މަގުޗާޓު އެކުލަވާލާ ކޮމިޓީގެ މުގައްރިރަކަށް ފައްޔާޒު

ދިވެހި ރައްޔިތުންގެ ޑިމޮކުރަޓިކު ޕާޓީ (އެމްޑީޕީގެ) އަސާސީ ގަވާއިދާއި ހިންގުމަށް ގެންނަންޖެހޭ ބަދަލުތަކުގެ މަގުޗާޓު އެކުލަވާލުމަށްޓަކައި ހާއްސަ ކޮމިޓީއެއް އުފައްދައި، އެ ކޮމިޓީގެ މުގައްރިރަކަށް އެ ޕާޓީގެ ކުރީގެ ޗެއަރޕާސަން އަދި ވާދަވެރި ލީޑަރު ފައްޔާޒު އިސްމާއިލް އައްޔަންކޮށްފިއެވެ.

މި މަގުޗާޓަކީ ޕާޓީގެ ކުރިމަގު ބައްޓަންކުރުމަށާއި، ހިންގުމުގެ ނިޒާމަށް ގެންނަންޖެހޭ އިސްލާހުތައް ދެނެގަތުމަށް އެކުލަވާލާފައިވާ މަގުޗާޗެކެވެ. 02 މެއި 2024 ވީ ބުރާސްފަތި ދުވަހު ޕާޓީގެ ސެކްރެޓޭރިއެޓުން ވަނީ މި މަގުޗާޓުގެ މަސައްކަތްތައް ރަސްމީކޮށް ފަށާފައެވެ.

މި މަގުޗާޓުގެ މަސައްކަތްތައް ނިންމުމަށްޓަކައި އެމްޑީޕީގެ ޗެއާޕާސަން، ކުރީގެ ރައީސް މުހައްމަދު ނަޝީދު އެކުލަވާލެއްވި ކޮމިޓީގައި ޕާޓީގެ އިސް ބޭފުޅުން ހިމެނިވަޑައިގަންނަވައެވެ. އެގޮތުން  މުގައްރިރު ފައްޔާޒު އިސްމާއިލްގެ އިތުރުން މި ކޮމިޓީގައި ދެން ހިމެނިވަޑައިގަންނަވާ މެންބަރުންނަކީ:

އަލްއުސްތާޛާ މާރިޔާ އަޙްމަދު ދީދީ

އަލްއުސްތާޛް އިމްތިޔާޒް ފަހްމީ

އަބްދުﷲ ސާދިޤް

އަލްއުސްތާޛް މައުރޫފް އަޙްމަދު

އިބްރާހިމް ވަޙީދު

މުޙައްމަދު ރަޝީދު ޙުސައިން

އަޙްމަދު އަބްދުﷲ

އަލްއުސްތާޛް މަޙްފޫޒް ސައީދު

ޔާސިރު ޢަބްދުލްލަޠީފް

މި ކޮމިޓީގެ މައިގަނޑު މަސްއޫލިއްޔަތަކީ ޕާޓީގެ އަސާސީ ގަވާއިދަށް ގެންނަންޖެހޭ ބަދަލުތައް ދިރާސާކޮށް، ޕާޓީ އިތުރަށް ހަރުދަނާކުރުމަށް ބޭނުންވާ އިސްލާހުތައް ހިމެނޭ މަގުޗާޓު ފައިނަލް ކުރުމެވެ.

ރިއެކްޓް

ރަނގަޅު ރަނގަޅު 0
ސަކަރާތް ސަކަރާތް 0
ލޯބި ލޯބި 0
މަޖާ މަޖާ 0