ފުލުހުން ލޭ ހަދިޔާކުރުމުގެ ހަރަކާތެއް ކުރިއަށް ގެންގޮސްފި
މޯލްޑިވްސް ވިމެން އިން ޕޮލިސިންގ ކޮމެޓީއާއި، ޕޮލިސް މެޑިކަލް ސާވިސަސް ގުޅިގެން ފުލުހުންގެ މެދުގައި ލޭ ހަދިޔާކުރުމުގެ ހާއްސަ ހަރަކާތެއް މިއަދު ކުރިއަށް ގެންގޮސްފިއެވެ.
މި ހަރަކާތަކީ "ވޯލްޑް ޑޮނޭޝަން ޑޭ" ފާހަގަކުރުމުގެ ގޮތުން ކުރިއަށްގެންދިޔަ ހަރަކާތެކެވެ. ހުޅުމާލޭ ފޭސް 1 ގައި ހުންނަ އޮރެންޖް ހިޔާގައި ކުރިއަށް ގެންދިޔަ މި ހަރަކާތުގައި ގިނަ އަދަދެއްގެ ފުލުހުން ބައިވެރިވެ ލޭ ހަދިޔާކޮށްފައިވެއެވެ.
މި ހަރަކާތުގެ މައިގަނޑު މަގުސަދަކީ ފުލުހުންގެ މެދުގައި އިޖުތިމާއި ރޫހު އާލާކޮށް، މުޖުތަމައުގައި ލޭ ބޭނުންވެފައި ތިބި ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމެވެ. މީގެ އިތުރުން، ހާއްސަ ގޮތެއްގައި ތެލެސީމިއާ ބަލި ތަހައްމަލު ކުރަމުންދާ ކުޑަކުދިންނަށް ބޭނުންވާ ލޭ ހޯދައިދިނުމުގައި އެހީތެރިވުމަކީވެސް މި ހަރަކާތުގެ މުހިންމު ބޭނުމެކެވެ.
މޯލްޑިވްސް ޕޮލިސް ސާވިސްގެ އެކި ދާއިރާތަކުގައި މަސައްކަތްކުރާ ފުލުހުން މި ހަރަކާތުގައި އަމަލީގޮތުން ބައިވެރިވެފައިވާއިރު، މިއީ އިންސާނިއްޔަތަށް އެހީތެރިވުމުގެ ގޮތުން ފުލުހުން އިސްނަގައިގެން ކުރިއަށް ގެންދިޔަ މުހިންމު ހަރަކާތެއްގެ ގޮތުގައި ފާހަގަކުރެވެއެވެ.






ރިއެކްޓް