ވައްކަމުގެ މައްސަލައަކާ ގުޅިގެން މީހަކު ހޯދާން އާންމުންގެ އެހީތެރިކަމަށް އެދިއްޖެ
ހެންވޭރު ޕޮލިސް ސްޓޭޝަނުން ތަހުގީގު ކުރަމުންދާ ވައްކަމުގެ މައްސަލައަކާ ގުޅިގެން މީހަކު ހޯދުމަށް ފުލުހުން މިއަދު އާންމުންގެ އެހީތެރިކަމަށް އެދިއްޖެއެވެ.
މި މައްސަލައިގައި ތުހުމަތުކުރެވޭ މީހާ ދެނެގަތުމަށްޓަކައި ފުލުހުން ވަނީ އެ މީހާ ފެންނަ ވީޑިއޯއެއް އާންމުކޮށްފައެވެ.
ފުލުހުން ހާމަކުރި ގޮތުގައި، ވީޑިއޯއިން ފެންނަ މީހާއަކީ ކާކުކަން މިހާތަނަށް ދެނެގަނެވިފައި ނުވާތީ، އެ މީހާ ހޯދުމުގެ މަސައްކަތުގައި މިހާތަނަށް އެދެވޭ ކުރިއެރުމެއް ލިބިފައެއް ނުވެއެވެ. އެހެންކަމުން، އެ މީހާއާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާ ފަރާތެއްވާނަމަ އެ މައުލޫމާތެއް ވީ އެންމެ އަވަހަކަށް ހިއްސާކޮށްދިނުމަށް ފުލުހުން ވަނީ އެދިފައެވެ.
ވީޑިއޯއިން ފެންނަ މީހާއާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ، ހެންވޭރު ޕޮލިހުގެ ނަންބަރު 9400053 އަށް ގުޅުއްވައި އެ މައުލޫމާތެއް ހިއްސާކުރެއްވުމަށް ފުލުހުން އިލްތިމާސްކުރެއެވެ. މިފަދަ މައްސަލަތަކުގައި ތުހުމަތުކުރެވޭ މީހުން ހޯދުމުގައި ރައްޔިތުންގެ ފަރާތުން ފުލުހުންނަށް ލިބެމުންދާ އެއްބާރުލުން ފާހަގަކޮށް، ފުލުހުން ވަނީ އާންމުންނަށް ޝުކުރު އަދާކޮށްފައެވެ.






ރިއެކްޓް