ފުޓްސަލް ތަރި އާޔާގެ "އޭ10" ފިހާރަ ހުޅުވައިފި
ރާއްޖޭގެ މަޝްހޫރު ފުޓްސަލް ތަރި އަޔާޒް އަހުމަދު (އަޔާ)، ފުޓްސަލް ކުޅުންތެރިންނާއި އެ ކުޅިވަރަށް ލޯބިކުރާ ފަރާތްތަކަށް ހާއްސަކޮށްގެން "އޭ10" ގެ ނަމުގައި އާ ފިހާރައެއް ހުޅުވައިފިއެވެ.
ގަލޮޅު ނިރޮޅު މަގުގައި ގާއިމުކޮށްފައިވާ މި ފިހާރަ ރަސްމީކޮށް ހުޅުވާފައިވަނީ އަންގާރަ ދުވަހުގެ ރޭ ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައެވެ.
"އޭ10" ފިހާރައަކީ ފެންވަރު ރަނގަޅު ކުޅިވަރު ސާމާނު ފޯރުކޮށްދިނުމަށް އަމާޒު ހިފާފައިވާ ތަނެކެވެ. އެގޮތުން، ތަފާތު އެކި ބްރޭންޑްތަކުގެ ކޮލިޓީ ރަނގަޅު ފުޓްސަލް ބޫޓުތަކާއި، ކުޅިވަރު ކުޅޭއިރު ބޭނުންވާނެ އިތުރު ސާމާނު މި ފިހާރައިން ލިބެން ހުންނާނެއެވެ. މީގެ އިތުރުން، ޓީމުތަކަށް ބޭނުންވާ ޖާރޒީ ޕްރިންޓްކޮށްދިނުމުގެ ހިދުމަތްވެސް މި ފިހާރައިން ލިބިގެންދާނެއެވެ.
މި ފިހާރަ ހުޅުވުމާ ގުޅޭގޮތުން މައުލޫމާތު ދެއްވަމުން ފިހާރައިގެ ވެރިޔާ އަޔާޒް އަހުމަދު ބުނީ، "މިއީ ރާއްޖޭގެ ފުޓްސަލް އާއިލާއަށް ހާއްސަކޮށްގެން ހުޅުވި ފިހާރައެއް" ކަމަށެވެ. އަދި އޭނާއަކީ އަމަލީ ގޮތުން ފުޓްސަލް ކުޅޭ ކުޅުންތެރިޔަކަށް ވުމާއެކު، މި ވިޔަފާރީގެ ތެރެއަށް ވަނީ ރާއްޖޭގެ ކުޅުންތެރިންނަށް އެއް ފުރާޅެއްގެ ދަށުން ފެންވަރު ރަނގަޅު ތަކެތި ފަސޭހަކަމާއެކު ލިބޭނެ މަގުފަހިކޮށްދިނުމުގެ މަގްސަދުގައި ކަމަށް އޭނާ ފާހަގަކުރިއެވެ.
މި މަސައްކަތް ކާމިޔާބުކަމާއެކު ފެށުމުގައި އާއިލާ އާއި ގާތް ރަހުމަތްތެރިންގެ ފަރާތުން ލިބުނު ބޮޑު އެއްބާރުލުމަށްޓަކައި އަޔާ ވަނީ އެ ފަރާތްތަކަށް ހާއްސަ ޝުކުރެއް އަދާކޮށްފައެވެ. "އޭ10" ފިހާރަ ހުޅުވުމާއެކު، ރާއްޖޭގެ ފުޓްސަލް ކުޅުންތެރިންނަށް ބޭނުންވާ ފެންވަރު ރަނގަޅު ބޫޓާއި އެހެނިހެން ސާމާނު ހޯދުމުގައި ބޮޑު ލުޔެއް ލިބިގެންދާނެ ކަމަށް ބެލެވެއެވެ.






ރިއެކްޓް