ސިޔާސީ

ހިޔާ ޓަވަރުތަކުގައި ހަރުކުރި ލިފްޓްތަކުގެ ސަބަބުން ރައްޔިތުންގެ އުމުރު ދިގުވެއްޖެ: މެންބަރު ޖަނާބު

7 ޖުލައި 2026 - 15:13
ހިޔާ ޓަވަރުތަކުގައި ހަރުކުރި ލިފްޓްތަކުގެ ސަބަބުން ރައްޔިތުންގެ އުމުރު ދިގުވެއްޖެ: މެންބަރު ޖަނާބު

ހިޔާ ޓަވަރުތަކުގައި އަލަށް ހަރުކުރި ލިފްޓްތަކުގެ ސަބަބުން އެޓަވަރު ތަކުގައި ދިރިއުޅޭ ރައްޔިތުންގެ އުމުރު ދިގުވެއްޖެ ކަމުގައި ރައްޔިތުންގެ މަޖިލީހުގެ މައްޗަންގޮޅި އުތުރު ދާއިރާގެ މެންބަރު އިބްރާހިމް މުހައްމަދު (ޖަނާބު) ވިދާޅުވެއްޖެއެވެ.

ސޯޝަލްމީޑިއާގައި ރައީސް މުޢިއްޒަށް ތަޢުރީފު ކުރައްވަމުން ޖަނާބު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ލިފްޓް ބޭނުންކުރާ ރައްޔިތުންގެ ހަޔާތަށް ދެދުވަސް އިތުރުވެގެން ގޮސްފައިވާ ކަމަށެވެ.

"ހިޔާ ޓަވަރުގައި ރައީސްގެ ވިސްނުންފުޅާ އެއްގޮތައް ހަރުކުރެވިގެން ދިޔަ އައު ލިފްޓްކުގެ ސަބަބުން ދިރިއުޅޭ ކޮންމެ ރަށްޔިތަކަށް 2 ދުވަސް ޙަޔާތައް އެ އިތުރުވެގެން ދިޔައީ. އެއީ ގާތްގަނޑަކަށް 3650 މިނެޓް ގާތްގަނޑަކަށް 61 އެއް ގަޑިއިރު ސަލާމަތްވީ." ޖަނާބުގެ ޕޯސްޓުގައި ކޮންމެ ރައްޔިތެއްގެ ހަޔާތަށް ދެ ދުވަސް އިތުރުވެގެންދާނެ ގޮތުގެ ހިސާބު ޖައްސަވާފައިވެއެވެ.

ޖަނާބުގެ ޕޯސްޓުގައިކޮންމެ މީހެއްގެ ހަޔާތަށް ދެ ދުވަސް އިތުރުވާނެ ކަމަށް ވިދާޅުވިޔަސް މިއީ އަސްލު ކަން ހިނގާނެ ގޮތްކަމަށް ނުބެލެވެއެވެ. އެހެން ނަމަވެސް އަލަށް ހަރުކުރި ލިފްޓްތަކުގެ ސަބަބުން އެ ފްލެޓްތަކުގައި ދިރިއުޅޭ ފަރާތްތަކަށް ވަނީ ލުއިފަސޭހަކަން ލިބިގެންގޮސްފައެވެ.

ރިއެކްޓް

ރަނގަޅު ރަނގަޅު 0
ސަކަރާތް ސަކަރާތް 0
ލޯބި ލޯބި 0
މަޖާ މަޖާ 0