ސިޔާސީ

ހައްޖު ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރަކަށް ފިރުޒުލް އައްޔަނުކޮށްފި

1 ޖުލައި 2026 - 12:54
ހައްޖު ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރަކަށް ފިރުޒުލް އައްޔަނުކޮށްފި

މޯލްޑިވްސް ހައްޖު ކޯޕަރޭޝަން ލިމިޑެޓްގެ ބޯޑް މެމްބަރުކަމާއި މެނޭޖިންގ ޑިރެކްޓަރުކަމުގެ މަޤާމަށް ރައީސްއޮފީހުގެ އަންޑަރ ސެކްރެޓެރީ ފޮރ ޕްރެޒިޑެންޝަލް އެފެއާޒްގެ މަޤާމުގައި ހުންނެވި އަލްއުސްތާޛް މުޙައްމަދު ފިރުޒުލް ޢަބްދުﷲ ޚަލީލް އައްޔަނުކޮށްފިއެވެ

ޕްރައިވެޓައިޒޭޝަން ބޯޑުން މިއަދު ސޯޝަލްމީޑިއާގައި ކުރި ޕޯސްޓެއްގައި ބުނީ "މޯލްޑިވްސް ހައްޖު ކޯޕަރޭޝަން ލިމިޑެޓްގެ ބޯޑް މެމްބަރުކަމާއި މެނޭޖިންގ ޑިރެކްޓަރުކަމުގެ މަޤާމަށް، ދ. ކުޑަހުވަދޫ ޝަބްނަމީގެ، އަލްއުސްތާޛް މުޙައްމަދު ފިރުޒުލް ޢަބްދުﷲ ޚަލީލް ވަނީ 1 ޖުލައި 2026 އިން ފެށިގެން އައްޔަނުކޮށްފައި" ވާކަމަށެވެ.

ފިރުޒުލް އަކީ އަލްމަދްރަސަތުލް އަރަބިއްޔަތުލް އިސްލާމިއްޔާ އިން ޝަހާދާ ޘާނަވިއްޔާ ހާސިލް ކުރައްވައި، މިސްރުގެ އަޒްހަރު ޔުނިވާސިޓީން ޝަރީއާގެ ދާއިރާއިން މަތީ ތައުލީމް ހާސިލްކުރައްވާފައިވާ ބޭފުޅެކެވެ.

ފިރުޒުލް އަކީ ރައީސް މުއިއްޒުއާއި ވަރަށް ގާތް ގުޅުމެއް އޮންނަ ބޭފުޅެކެވެ. މިގޮތުން ރައީސް މުއިއްޒުގެ އިންތިގާލީ މަރުހަލާގައި ތަރުޖަމާނަކަށް ހުންނެވީ ވެސް ފިރުޒުލްއެވެ.

ރިއެކްޓް

ރަނގަޅު ރަނގަޅު 0
ސަކަރާތް ސަކަރާތް 0
ލޯބި ލޯބި 0
މަޖާ މަޖާ 0