ސިޔާސީ , ޚަބަރު

އެމްޑީޕީގެ ޗެއަރޕާސަން ރައީސް ނަޝީދު އިނގިރޭސިވިލާތަށް

24 ޖޫން 2026 - 12:22
އެމްޑީޕީގެ ޗެއަރޕާސަން ރައީސް ނަޝީދު އިނގިރޭސިވިލާތަށް

ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ ޗެއަރޕާސަން، ރައީސް މުޙައްމަދު ނަޝީދު މިއަދުގެ ވަގުތެއްގައި އިނގިރޭސިވިލާތަށް ފުރާވަޑައިގަންނަވާނެއެވެ.

އެމްޑީޕީގެ ރަސްމީ އެކްސް އެކައުންޓުން ބުނެފައިވާގޮތުގައި މި ދަތުރުފުޅަކީ ސިޔާސީ ގޮތުންނާއި ދާއިރާގެ އެކި ފަރާތްތަކާ ބައްދަލުކުރެއްވުމަށް ކުރައްވާ ރަސްމީ ދަތުރުފުޅެކެވެ. މިގޮތުން، އިނގިރޭސިވިލާތުގެ ކޮންޒަވެޓިވް ޕާޓީގެ އިސް އޮފިޝަލުންނާ ބައްދަލުކުރައްވައި ދެ ފަރާތުގެ ގުޅުން ބަދަހިކުރުމާ ގުޅޭގޮތުން މަޝްވަރާ ކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ.

މީގެ އިތުރުން، މި ދަތުރުފުޅުގެ ތެރެއިން ޔޫކޭ ބާ ކައުންސިލްގެ ބޭފުޅުންނާ ބައްދަލުކުރައްވައި، ޤާނޫނީ ދާއިރާއާ ގުޅުންހުރި މުހިންމު ކަންތައްތަކާ ބެހޭގޮތުން ވެސް ރައީސް ނަޝީދު ވާހަކަފުޅު ދައްކަވާނެއެވެ.

މި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ރައީސް މުޙައްމަދު ނަޝީދު އެނބުރި މާލެ ވަޑައިގަތުމަށް ހަމަޖެހިފައިވަނީ 2 ޖުލައި 2026 ގައެވެ.

ރިއެކްޓް

ރަނގަޅު ރަނގަޅު 0
ސަކަރާތް ސަކަރާތް 1
ލޯބި ލޯބި 0
މަޖާ މަޖާ 0