ޚަބަރު

ބަޔަކު ހަރާމް ކަމެއް ކަމަށް ނިންމިޔަސް މޮނިއުމެންޓެއް ނުނެގޭނެ: ހުރާ ކައުންސިލް

17 ޑިސެންބަރު 2025 - 15:05
 1
ބަޔަކު ހަރާމް ކަމެއް ކަމަށް ނިންމިޔަސް މޮނިއުމެންޓެއް ނުނެގޭނެ: ހުރާ ކައުންސިލް
ފޮޓޯ: ހުރާ ކައުންސިލް

ދިރޭތަކެތީގެ ސޫރަ ސިފަވާގޮތަށް މޮނިއުމެންޓް ހެދުމާއި ތަންތަނުގައި ބެހެއްޓުމަކީ "ބުދު ހެދުން" ކަމަށާއި އެއީ ހަރާމް ކަމެއް ކަމަށް ދިވެހިރާއްޖޭގެ ފަތުވާ މަޖިލީހުން ނިންމިޔަސް ކ. ހުރާގެ ބަނދަރުމަތީގައި ހުރި "މާކަނާ" މޮނިއުމަންޓް ނުނަގާނެ ކަމަށް ހުރާ ކައުންސިލުން ބުނެފިއެވެ.

ހުރާ ކައުންސިލުގެ ނާއިބުރައީސް އަބްދުالله އިބްރާހީމް "ވިރާސީ" އަށް މަޢުލޫމާތު ދެމުން ވިދާޅުވީ "ބަޔަކު އަދި ހަރާމް ކަމަށް ނިންމިޔަށް ހުރާގައި ހުރި މޮނިއުމެންޓް އެތަނުން ނެގުމަށް ނުވަތަ ނައްތާލުމަށް ހުރާ ކައުންސިލުން ނުވިސްނާ ކަމަށެވެ. 

އަދި މިކަމާއި ގުޅޭ ގޮތުން ހުރާ ކައުންސިލުގެ ރައީސް ވެސް ވިދާޅުވީ މޮނިއުމަންޓް ނެގުމަށް އެ ކައުންސިލުގެ ވިސްނުމެއް ނެތް ކަމަށެވެ. 

"މޮނިއުމެންޓް ނެގުމަށް ފަތުވާ ކޮމިޓީން ބޭނުންވާނަމަ އެ ކޮމިޓީން އައިސް މޮނިއުމަންޓް ގެންދަންވީ ކަމަށް" ވިދާޅުވެ ހުރާ ކައުންސިލުގެ ރައީސް އީސާ އަހުމަދު ފަތުވާ މަޖިލީހަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވިއެވެ. އެގޮތުން ބޯކަޅުކުރުން ހުއްދަކޮށް ފަތުވާ ކޮމިޓީން ދާދިފަހުން ނެރުނު ފަތުވާއަށްވެސް އީސާ ފާޑުވިދާޅުވިއެވެ.

"ރާއްޖެއަށް ބަނގުރާ އެތެރެކޮށް ވިއްކާއިރު، ރިބާ އާއްމުވެފައިވާއިރު ފަތުވާ ކޮމިޓީ ކޮބާ؟" ފަތުވާ ކޮމިޓީގެ ނިންމުމާމެދު ހިތްހަމަނުޖެހި އީސާ ވިދާޅުވިއެވެ.

ފަތުވާ ކޮމިޓީން ނެރުނު ފަތުވާއާއި ގުޅިގެން ދެން ކަންތައް ކުރާނެ ގޮތަކާއި މެދު ފަތުވާ ކޮމިޓީގެ މެންބަރު ޝެއިޚް ޑރ. އިލްޔާސް އާއި "ވިރާސީ" އިން ސުވާލުކުރުމުން ވިދާޅުވީ ފަތުވާގައި ބުނާ "ބުދުތައް" ނެގުމާއި ނައްތާލުމަކީ ތަންފީޒީ އިދާރާގެ ކަމެއް ކަމަށެވެ. ނަމަވެސް އެއީ އިސްލާމިކް މިނިސްޓްރީ ކަމެއް ފުލުހުން ކަމެއް ނުވަތަ ދައުލަތުގެ އެހެން އިދާރާއެއްކަން ސާފުކޮށްދިނުމަށް ޝެއިޚް އިލްޔާސް ވަނީ ދެކޮޅުހައްދަވާފައެވެ.

ރިއެކްޓް

ރަނގަޅު ރަނގަޅު 1
ސަކަރާތް ސަކަރާތް 4
ލޯބި ލޯބި 0
މަޖާ މަޖާ 7