ސިޔާސީ , ޚަބަރު

އިލެކްޝަންސް ކޮމިޝަނުގެ މެމްބަރުކަމަށް "ޕީއެންސީ ޝަކީލު" އައްޔަން ކޮށްފި

24 ޖޫން 2026 - 15:59
އިލެކްޝަންސް ކޮމިޝަނުގެ މެމްބަރުކަމަށް "ޕީއެންސީ ޝަކީލު" އައްޔަން ކޮށްފި
ފޮޓޯ: ރައީސް އޮފީސް

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، އިލެކްޝަންސް ކޮމިޝަން (އީސީ)ގެ ހުސްވެފައިވާ މެންބަރުކަމުގެ މަޤާމަށް، މޯލްޑިވްސް ޙައްޖު ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރަ ހުންނެވި މުހައްމަދު ޝަކީލް މިއަދު ޢައްޔަންކުރައްވައިފިއެވެ.

ޝަކީލަކީ ސަރުކާރު ހިންގާ ޕީއެންސީގެ ސެނެޓް މެންބަރެއްގެ އިތުރުން ކުރީގެ ޕީޕީއެމްގެ ސެކްރެޓަރީ ޖެނެރަލްކަން ވެސް ކުރައްވާފައިވާ، ޕީއެންސީގައި އިސްކޮށް ހަރަކާތްތެރިވެވަޑައިގަންނަވާ ބޭފުޅެކެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު ބޭއްވެވި ރަސްމިއްޔާތެއްގައި، ޝަކީލު ވަނީ އިލެކްޝަންސް ކޮމިޝަނުގެ މެންބަރުކަމުގެ ހުވާ ކުރައްވައި، ހުވާގެ އިޤްރާރުގައި ސޮއިކުރައްވާފައެވެ. ޝަކީލަށް މެންބަރުކަމުގެ ހުވާލައިދެއްވީ، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރު އޮނަރަބަލް އަލްއުސްތާޛު މުޙައްމަދު ސަލީމެވެ.

މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ، އިލެކްޝަންސް ކޮމިޝަންގެ މެންބަރުކަމަށް ޢައްޔަންކުރެއްވިކަމުގެ ލިޔުން ޝަކީލާއި ޙަވާލުކޮށްދެއްވާފައެވެ. 

އިލެކްޝަންސް ކޮމިޝަނުގެ މެމްބަރުންގެ ގޮތުގައި މިހާރު ތިއްބެވީ، ނައިބު ރައީސް ޢަބްދުއްރަޙްމާން ޞަލާހު ރަޝީދާއި، މެންބަރުން ކަމަށްވާ ހަސަން ޒަކަރިއްޔާއާއި، ޢަބްދުލްޙަސީބް އިސްމާޢީލްގެ އިތުރުން އަލްއުސްތާޛް ރިފްޢަތު ޢަބްދުﷲއެވެ.

ރިއެކްޓް

ރަނގަޅު ރަނގަޅު 0
ސަކަރާތް ސަކަރާތް 0
ލޯބި ލޯބި 0
މަޖާ މަޖާ 0