ސިޔާސީ

ރައީސް މުޢިއްޒު އެއްވެސް ވަރަކަށް ވަޒީރުންނާއި މަޝްވާރާއެއް ނުކުރައްވާ: ރައީސް ނަޝީދު

17 ޖޫން 2026 - 22:21
ރައީސް މުޢިއްޒު އެއްވެސް ވަރަކަށް ވަޒީރުންނާއި މަޝްވާރާއެއް ނުކުރައްވާ: ރައީސް ނަޝީދު

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ދައުލަތް ހިންގަވަނީ ވަޒީރުންނާ ނުވަތަ ޕާޓީގެ އިސް ފަރާތްތަކާ އެއްވެސް ވަރަކަށް މަޝްވަރާ ކުރެއްވުމެއް ނެތި ކަމަށް އެމްޑީޕީގެ ޗެއަރޕާސަން ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ރައީސް ނަޝީދު މިފަދައިން ވިދާޅުވީ ސަންގު ޓީވީއަށް ދެއްވި ޚާއްޞަ އިންޓަވިއުއެއްގައެވެ.

މި އިންޓަވިއުގައި ރައީސް ނަޝީދު ފާހަގަކުރެއްވި ގޮތުގައި، ރައީސް މުޢިއްޒު ކަންކަން ނިންމަވަނީ ސިޔާސީ ގޮތުން ގާތް ފަރާތްތަކުގެ ލަފާ ހޯއްދެވުމެއް ނެތިއެވެ. "ޕާޓީތެރޭ ބޭފުޅުންނާވެސް މަޝްވަރާއެއް ނުކުރައްވާ. އަދި ޕާޓީގެ ކުރީގެ ސިޔާސީ ވެރިންނަކާވެސް މަޝްވަރާއެއް ނުކުރައްވާ،" ރައީސް ނަޝީދު ވިދާޅުވިއެވެ.

ރައީސް ނަޝީދު އިތުރަށް ވިދާޅުވީ، މަޝްވަރާ ކުރުމުގެ އުސޫލު ދޫކޮށްލައްވައިގެން ކަންކަން ކުރެއްވުމުގެ ސަބަބުން، ޤައުމުގައި ކަންކަން ހިނގަމުންދާ ހަގީގީ ގޮތް ރައީސް މުޢިއްޒަށް ރަނގަޅަށް އޮޅުންނުފިލާ ކަމަށެވެ. މީގެ ސަބަބުން ސަރުކާރުގެ ނިންމުންތަކަށް އޭގެ ނޭދެވޭ އަސަރު ކުރަމުންދާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ސަރުކާރުގެ ކުރިމަގާ ގުޅޭގޮތުން ވާހަކަދައްކަވަމުން ނަޝީދު ވިދާޅުވީ، ރައީސް މުޢިއްޒު ސަރުކާރު ހިންގުމުގައި ގެންގުޅުއްވާ ސްޓްރެޓެޖީތަކަކީ ސިޔާސީ ގޮތުން ފުންކޮށް ވިސްނައިގެން ނިންމާ ނިންމުންތަކެއް ނޫން ކަމަށެވެ. އެހެންކަމުން، ބަޔަކު ސަރުކާރު ވައްޓާލަން ނުޖެހޭނެ ކަމަށާއި، ސަރުކާރު އަމިއްލައަށް ވެއްޓިދާނެ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ރިއެކްޓް

ރަނގަޅު ރަނގަޅު 1
ސަކަރާތް ސަކަރާތް 0
ލޯބި ލޯބި 0
މަޖާ މަޖާ 0