އެތައް ސަތޭކަ ފުލުހުންނެއް މާލޭ މަގުމައްޗަށް ނެރެފި
މިރޭ އެމްޑީޕީން ބާއްވާ "ވަޒީފާ ބުރާސްފަތި" އިހުތިޖާޖާއި ގުޅުވައި މޯލްޑިވްސް ޕޮލިސް ސަރވިސްއިން އެތައް ސަތޭކަ ފުލުހުންނެއް މާލޭސިޓީގެ މަގުމައްޗަށް ނެރެފިއެވެ.
ރަސްފަންނު ސަރަހައްދުން މިރޭ 8:30 ގައި ފެށުމަށް ހަމަޖެހިފައިވާ މި އިހުތިޖާޖަށް ހުރަސްއެޅުމަށް ފުލުހުން ދަނީ މިހާރު އެންމެ ފަހުގެ ތައްޔާރީތައް ވަމުންނެވެ. މިގޮތުން މަޖީދީމަގު ރަސްފަންނާއި ވކައިރި ސަރަހައްދުގައި ގިނަ އަދަދަކަށް ފުލުހުން ހަރަކާތްތެރިވަމުން އަންނައިރު، ގޯޅި ގޯޅި ކަންމަތީގައި މަގުބަންދުކުރާ ބެރިކޭޑްތައް ތައްޔާރީ ހާލަތުގައި ވަނީ ބަހައްޓާފައެވެ. އަދި މާފަންނު ބީއެމްއެލް ޑޮލަރު އޭޓީއެމްގެ ބޭރުގައި އެސްއޯ ފުލުހުން ބޭނުންކުރާ ޝީލްޑުތައް ތައްޔާރީ ހާލަތުގައި ބަހައްޓާފައިވާއިރު އިމާރާތުގެ ގްރައުންޑްފްލޯގެ އެތެރޭގައި އެސްއޯ ފުލުހުން ގިނަ އަދަދަކަށް ވަނީ ޖަމާވެފައެވެ.






ރިއެކްޓް