އިބޫއާއި މީކާއީލް ބަލިގަބޫލުކުރައްވައި ނަޝީދަށް މަރުހަބާ ވިދާޅުވެއްޖެ
މިއަދު ބޭއްވުނު އެމްޑީޕީގެ ޗެއާޕާސަން އިންތިޚާބުން ބަލި ޤަބޫލުކުރައްވައި ޗެއާޕާސަން ކަމަށް އިންތިޚާބުވި ރައީސް ނަޝީދަށް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އާއި މީކާއީލް ނަސީމް މަރުހަބާ ވިދާޅުވެއްޖެއެވެ.
ބޮޑުތަފާތަކުން އިންތިޚާބުން ބަލިވި މީކާއީލް ސޯޝަލްމީޑިއާގައި ކުރެއްވި ޕޯސްޓުގައި ވިދާޅުވީ ނަޝީދަށް ފޯނުން ގުޅުއްވައި އެމަނިކުފާނު ހޯއްދެވި ފުރިހަމަ ކާމިޔާބަށް މަރުހަބާ ދަންނަވާފައިވާ ކަމަށާއި، ރިޔާސީ އިންތިހާބު ކާމިޔާބުކޮށްދިނުމަށް އާ އަޒުމެއްގައި މަސައްކަތް ކުރައްވާނެ ކަމަށެވެ.
އަދި ރައީސް އިބޫ ކުރެއްވި ޕޯސްޓުގައި ވިދާޅުވީ ނަޝީދަށް މަރުހަބާ ވިދާޅުވާ ކަމަށާއި ސަރުކާރު ޖަވާބުދާރީ ކުރުވުމަށް އެމްޑީޕީއިން ކުރަން ޖެހޭ ސިޔާސީ މަސައްކަތްތައް މިވަގުތު ވަރަށް ގިނަ ކަމަށެވެ. އަދި އެ މަސައްކަތްތައް ކުރުމުގައި ނަޝީދުގެ ތަޖުރިބާ ގެ އަލީގައި ކުރިއަށް ވަޑައިގަންނަވާނެ ކަމާ މެދު ޝައްކެއް ނުކުރައްވާ ކަމަށެވެ.
އިންތިހާބުގެ ނަތީޖާއަށް ބަލާލާއިރު މީކާއީލްގެ ދާއިރާއިންވެސް ނަޝީދުވަނީ ތަފާތު ބޮޑު މޮޅެއް ހޯއްދަވާފައެވެ.






ރިއެކްޓް