ސިޔާސީ

މިއީ ޑިމޮކްރަސީއާއި އިސްލާހީ މަސައްކަތަށް ލިބުނު ބޮޑު ކާމިޔާބީއެއް: ރައީސް ނަޝީދު

12 ޖޫން 2026 - 22:56
މިއީ ޑިމޮކްރަސީއާއި އިސްލާހީ މަސައްކަތަށް ލިބުނު ބޮޑު ކާމިޔާބީއެއް: ރައީސް ނަޝީދު

މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) ގެ ޗެއާޕާސަން އިންތިހާބުގައި ލިބުނު ކާމިޔާބީއަކީ ރާއްޖޭގެ ޑިމޮކްރަސީއަށް ލިބުނު ބޮޑު މޮޅެއްގެ ގޮތުގައި ކުރީގެ ރައީސް މުހައްމަދު ނަޝީދު ސިފަކުރައްވައިފިއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ އިންތިހާބުގެ ނަތީޖާއަށްފަހު ކުރެއްވިބޕޯސްޓެއްގައެވެ.

އިންތިހާބުގެ ކާމިޔާބީއާ ގުޅިގެން ރައީސް ނަޝީދު ވިދާޅުވީ، "އެމްޑީޕީގެ ލޮބުވެތި މެންބަރުންނަށާއި ބޮޑު ބަދަލު ކެމްޕޭން ޓީމަށް ނުހަނު ގިނަ ޝުކުރު. މިއީ ދިވެހިރާއްޖޭގެ ޑިމޮކްރަސީ އާއި އިސްލާހީ މަސައްކަތަށް ލިބުނު ބޮޑު މޮޅެއް. ކެންޑިޑޭޓު މީކާއިލް ނަސީމަށް ވެސް މަރުހަބާ،"ކަމަށެވެ.

މި އިންތިހާބުގައި މިހާތަނަށް ގުނާފައިވާ ވޯޓުތަކުގެ ނަތީޖާއަށް ބަލާއިރު، ރައީސް ނަޝީދު ވަނީ 70 ޕަސެންޓާ ގާތްކުރާ އަދަދަކަށް ވޯޓު ކަށަވަރުކުރައްވާފައެވެ. މި ކާމިޔާބީ ފާހަގަކުރުމުގެ ގޮތުން އެމަނިކުފާނު މިވަގުތު ހުންނެވީ އާޓިފިޝަލް ބީޗުގައި ސަޕޯޓަރުންނާއެކު އުފާ ފާޅުކުރެއްވުމުގައެވެ.

މިއަދު ބޭއްވި އެމްޑީޕީގެ މި އިންތިހާބުގައި ވޯޓުލުމުގެ ހައްގު ޖުމްލަ 50،176 މީހުންނަށްލިބިފައިވެއެވެ. މި އިންތިހާބަކީ ޕާޓީގެ އެތެރޭގެ ޑިމޮކްރަސީ ވަރުގަދަކުރުމަށް އެޅުނު މުހިންމު ފިޔަވަޅެއްގެ ގޮތުގައި ގިނަ ބަޔަކު ގަބޫލުކުރެއެވެ.

ރިއެކްޓް

ރަނގަޅު ރަނގަޅު 0
ސަކަރާތް ސަކަރާތް 1
ލޯބި ލޯބި 0
މަޖާ މަޖާ 0