ސިޔާސީ

ރާޒުވާ ކުޅިބައިން ޖާގަ ހޯދާނީ އަމިއްލައަށް: ފަޔާ

8 ޖޫން 2026 - 19:50
ރާޒުވާ ކުޅިބައިން ޖާގަ ހޯދާނީ އަމިއްލައަށް: ފަޔާ

ރާޒުވާ ކުޅިބައިން ޖާގަ ހޯއްދަވާނީ އަމިއްލައަށް ކަމުގައި އެމްޑީޕީގެ ކުރީގެ ޗެއަރޕާސަން އަދި ރާއްޖޭގެ އިދިކޮޅު ލީޑަރ ފައްޔާޒް އިސްމާޢީލް ވިދާޅުވެއްޖެއެވެ.

ފަޔާ މިފަދައިން މި ވިދާޅުވީ "ބޮޑު ބަދަލު" ކެންޕޭނުގައި ރައީސް ނަޝީދާއެކު ގއ. ވިލިނގިއްޔަށް ވަޑައިގެން އެރަށުގެ އެމްޑީޕީގެ މެންބަރުންނާއެކު ބޭއްވި ބައްދަލުވުމެއްގައި މެންބަރަކު ކުރެއްވި ސުވާލަކާއި ގުޅިގެންނެވެ.

ރައީސް ނަޝީދަށް އަމާޒުކުރައްވައި އެމްޑީޕީގެ އެ މެންބަރު ސުވާލުކުރައްވަމުން ވިދާޅުވީ މާދަމާ ފައްޔާޒުއަށް ރާޒުވާ ކުޅިބައިން ގޮޅިއެއް ލިބިދާނެތޯ އެވެ.

އެ ސުވާލަށް ޖަވާބުދެއްވަމުން ރައީސް ނަޝީދު ވަނީ އެމަނިކުފާނު އަލުން އެމްޑީޕީއާއި ގުޅުވުމަށް ފައްޔާޒު ކުރެއްވި މަސައްކަތުގެ ބައެއް ވާހަކަތައް މެންބަރުންނާއި ހިއްސާކުރައްވާފައެވެ.

ފަޔާގެ މި މެސެޖުގައި އެތައް މާނަތަކެއް އެކުލެވޭކަމަށް ފެންނައިރު، މިއީ އެމަނިކުފާނުގެ އަމިއްލަ ވާހަކަފުޅުކަމެއް ނުވަތަ މީހުންގެ ހިޔަނީގައި "ރާޒުވާ ކުޅިބައިން" ޖާގަ ހޯއްދަވާފައިވާ ބޭފުޅުންނަށް ދެއްވި މެސެޖެއްކަމެއް ސާފެއް ނޫނެވެ

ރިއެކްޓް

ރަނގަޅު ރަނގަޅު 0
ސަކަރާތް ސަކަރާތް 1
ލޯބި ލޯބި 0
މަޖާ މަޖާ 0