ސިޔާސީ , ޚަބަރު

ޕާޓީގެ ފަރާތުން ޕްރޮޖެކްޓްތައް ރޭވުމަށް ޚާއްޞަ އޮފީހެއް އުފައްދާނަން: ރައީސް ނަޝީދު

6 ޖޫން 2026 - 17:39
ޕާޓީގެ ފަރާތުން ޕްރޮޖެކްޓްތައް ރޭވުމަށް ޚާއްޞަ އޮފީހެއް އުފައްދާނަން: ރައީސް ނަޝީދު

އެމްޑީޕީގެ ޗެއަރޕާސަންގެ މަޤާމަށް އިންތިޚާބުވެވަޑައިގެންފިނަމަ، ޕާޓީގެ ފަރާތުން މަޝްރޫޢުތައް ރޭވުމަށް ޚާއްޞަ "ޕްރޮޖެކްޓް ޕްލޭނިންގ އޮފީހެއް" ޤާއިމުކުރައްވާނެ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ގއ. ނިލަންދޫގައި ކުރިއަށްދިޔަ "ބޮޑު ބަދަލު" ކެމްޕޭން ހަރަކާތުގައި ވާހަކަދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ، އެ އޮފީހުގެ މައިގަނޑު މަޤްޞަދަކަށް ވާނީ ރާއްޖޭގެ ރަށްރަށަށް ބޭނުންވާ ވިޔަފާރި އާއި އިޤްތިޞާދީ އަމަލީ ޕްލޭންތައް އެކުލަވައިލުން ކަމަށެވެ. މި އިސްނެގުމުގެ ތެރެއިން ވަކިވަކި ރަށްރަށަށް އެމްޑީޕީގެ ފަރާތުން އެހީތެރިކަން ފޯރުކޮށްދެވޭނެ ގޮތްތައް ބަލައި، އިޤްތިޞާދީ ކުރިއެރުމަށް މަގުފަހިކޮށްދެވޭނެ ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ރައީސް ނަޝީދު ވިދާޅުވި ގޮތުގައި، އަމާޒަކީ ކުރިއަށް އޮތް ފަސް އަހަރާއި ހަ އަހަރުގެ ތެރޭގައި، ރޭވުންތެރި މަޝްރޫޢުތަކާއި ވިޔަފާރީގެ އުސޫލުތައް މެދުވެރިކޮށް ރަށްރަށުގެ އާމްދަނީ އިތުރުކުރުމެވެ. ޤައުމުގެ އިޤްތިޞާދީ ހަމަޖެހުމަށް ޓަކައި ގޭބިސީތަކުގެ އާމްދަނީ އިތުރުކުރުމަކީ ކޮންމެހެން މުހިންމު ކަމެއްކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

އާމްދަނީ އިތުރުކޮށް، އިޤްތިޞާދީ އުފެއްދުންތެރިކަން އިތުރުކުރުމަށް މަސައްކަތް ނުކޮށްފިނަމަ، ޤައުމުގެ ދަރަނި ބޮޑުވަމުންދާ ދަނޑިވަޅެއްގައި ރަށްރަށަށް އިތުރު ދަތިތަކާއި އުނދަގޫތަކާ ކުރިމަތިލާންޖެހިދާނެ ކަމުގެ އިންޒާރުވެސް ރައީސް ނަޝީދު ވަނީ ދެއްވާފައެވެ.

ރިއެކްޓް

ރަނގަޅު ރަނގަޅު 0
ސަކަރާތް ސަކަރާތް 0
ލޯބި ލޯބި 0
މަޖާ މަޖާ 0