ސިޔާސީ , ޚަބަރު

މީހުން ހަމަނުވާނެ ކަމަށް ބަލައި ފަސްކުރި ޕީއެންސީ ޖަލްސާ މާދަން ރޭ

8 ޖޫން 2026 - 12:39
މީހުން ހަމަނުވާނެ ކަމަށް ބަލައި ފަސްކުރި ޕީއެންސީ ޖަލްސާ މާދަން ރޭ

މީހުން ހަމަނުވާނެ ކަމަށް ބަލައި ރޭ ބޭއްވުމަށް ހަމަޖެއްސި ޕީއެންސީގެ ޖަލްސާ ފަސްކުރުމަށްފަހު، އެ ޖަލްސާ މާދަމާ ރޭ ބޭއްވުމަށް އެ ޕާޓީން ނިންމައިފިއެވެ. 

ރޭގެ ޖަލްސާ ފަސްކުރަން ޖެހުނީ ޖަލްސާ ބާއްވަން ވަގުތު ކުޑަތަންވެފައި ވަނިކޮށް، އެކަށީގެންވާ މިންވަރަށް މީހުން ހާޒިރުނުވެދާނެ ކަމުގެ ބިރު އޮތުމުންނެވެ.

މާދަމާރޭ ބާއްވާ ޖަލްސާގައިވެސް ރައީސުލްޖުމްހޫރިއްޔާ ބައިވެރިވެވަޑައިގެން ވާހަކަފުޅު ދައްކަވާނެ ކަމަށް މައުލޫމާތު ލިބެއެވެ. ޕީއެންސީގެ އިސް އޮފިޝަލަކު މައުލޫމާތު ދިން ގޮތުގައި، މި ޖަލްސާއަށް ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ މުއައްޒަފުންނާއި ސިޔާސީ މަގާމުތަކުގައި ތިއްބެވި ފަރާތްތައް ހާޒިރުވުމަށް މިހާރު ވަނީ އަންގާފައެވެ.

ޕާޓީގެ އަމާޒަކީ މިރޭގެ ޖަލްސާގައި މަދުވެގެން 2000 މީހުން ބައިވެރިކުރުވުމެވެ. މި ޖަލްސާގައި ސަރުކާރުން މައުލޫމާތު ހާމަކުރުމުގައި ގެންގުޅޭ ސިޔާސަތުތަކާ ގުޅޭގޮތުން ވާހަކަދެއްކުމަށް ވަނީ ހަމަޖެހިފައެވެ. އެގޮތުން ސަރުކާރުން އަމިއްލަ އިސްނެގުމުގައި 100 އިންސައްތަ މައުލޫމާތު ހާމަކުރާނެ ކަމަށް ބުނެ ޕްރޮމޯޓު ކުރަމުންދާނެ ކަމަށް ބެލެވެއެވެ.

ނަމަވެސް، ސަރުކާރުން މިކަން މިގޮތަށް އިޝްތިހާރު ކުރި ނަމަވެސް، މިހާތަނަށް ހާމަކޮށްފައިވަނީ ގާނޫނީ ގޮތުން އަމިއްލަ އިސްނެގުމުގައި ހާމަކުރުން ލާޒިމުވާ އެންމެ މަދު މިންވަރުކަން ފާހަގަކުރެވެއެވެ. މި ޖަލްސާއަކީ ސަރުކާރުގެ ސިޔާސަތުތައް ހާމަކުރުމަށް ބާއްވާ މުހިންމު ޖަލްސާއެއްގެ ގޮތުގައި ޕީއެންސީން ސިފަކުރެއެވެ.

ރިއެކްޓް

ރަނގަޅު ރަނގަޅު 0
ސަކަރާތް ސަކަރާތް 0
ލޯބި ލޯބި 0
މަޖާ މަޖާ 1