ސިޔާސީ

ހާމަކުރަންޖެހޭ މައުލޫމާތުގެ އެންމެ މަދު މިންވަރު ހާމަކޮށްް ސަރުކާރަށް ޑީ ފާހެއް

8 ޖޫން 2026 - 12:59
ހާމަކުރަންޖެހޭ މައުލޫމާތުގެ އެންމެ މަދު މިންވަރު ހާމަކޮށްް ސަރުކާރަށް ޑީ ފާހެއް

މަޢުލޫމާތު ހޯދާ ލިބިގަތުމުގެ ހައްޤުގެ ޤާނޫނުގެ ދަށުން ދައުލަތުގެ އިދާރަތަކުން ހާމަކުރަންޖެހޭ އެންމެ މަދު އަދަދަށް މަޢުލުމާތު ހާމަކޮށްގެން ސަރުކާރަށް ޑީ ފާހެއް ލިބިއްޖެއެވެ.

ސަރުކާރުގެ މިނިސްޓްރީތަކުން އަމިއްލަ އިސްނެގުމުގައި ކޮންމެހެން ހާމަކުރަންޖެހޭ އެންމެ މަދު މިންވަރުގެ %100 މަޢުލޫމާތު ހާމަކޮށް ސަރުކާރުން އައު ރިކޯޑެއް ޤާއިމުކޮށްފައިވާކަން އިންފޮމޭޝަން ކޮމިޝަނަރު އާހިދު ރަޝީދު ސޯޝަލްމީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވަނީ ކަށަވަރުކޮށްދެއްވާފައެވެ.

މިއީ ރައީސް މުޢިއްޒުގެ ސަރުކާރު ވެރިކަމާއި ހަވާލުވީ ފަހުން ޤާނޫނުގައި ބުނާ އެންމެ މަދު މިންވަރަށް މަޢުލޫމާތު ހާމަކުރި ފުރަތަމަ ފަހަރެވެ.

މަޢުލޫމާތު ހޯދާ ލިބިގަތުމުގެ ހައްގުގެ ޤާނޫނުގައި ބުނާ ބައެއް މަޢުލޫމާތު ތަކަކީ ރައްޔިތުންގެ މަޞްލަޙަތަށްޓަކައި، މަދުވެގެން އަހަރަކު އެއްފަހަރު، ނުވަތަ ދައުލަތުގެ އެ އިދާރާއަކުން ކަނޑައަޅާ އެއަށްވުރެ އަވަސް މުއްދަތެއްގައި، ރައްޔިތުންނަށް ފަސޭހައިން ލިބިދެވޭނެ ގޮތެއް، ދައުލަތުގެ ކޮންމެ އިދާރާއަކުންވެސް އަމިއްލަ އިސްނެގުމުގެމަތިން ޝާއިޢުކުރަމުން ގެންދަންޖެހޭ މަޢުލޫމާތެވެ.

މިގޮތުން ހާމަކުރުން މަޖުބޫރު ބައެއް މަޢުލުމާތުތަކުގެ ތެރޭގައި ދައުލަތުގެ އިދާރާއަށް ކަނޑައެޅިފައިވާ ބަޖެޓާއި، ކުރަން ރާވާފައިވާ މަސައްކަތްތަކާއި، ކުރަން ރާވާފައިވާ ޚަރަދާއި ކޮށްފައިވާ ޚަރަދުތަކުގެ ތަފްޞީލު އަދި ދައުލަތުގެ އިދާރާގެ އެންމެހައި މުވައްޒަފުންނަށް ވަކިވަކިން ދެވޭ އުޖޫރައާއި ޢިނާޔަތްތަކުގެ މަޢުލޫމާތު ހިމެނެއެވެ.

މިނިސްޓްރީތަކާއި ރައީސްއޮފީހުން ހާމަކޮށްފައިވާ މަޢުލުމާތަކީ ޤާނޫނުގައި ބުނާ ކޮންމެހެން ހާމަކުރަންޖެހޭ އެންމެ މަދު މިންވަރު ކަމަށް އާހިދު ޕޯސްޓުގައި ފާހަގަކޮށްފައިވެއެވެ.

މިނިސްޓްރީތަކުން މަޢުލޫމާތު ހާމަކުރި ކަމުގައި ވިޔަސް ސަރުކާރުގެ ކުންފުނިތަކުން އަދިވެސް ގެންދަނީ އެކި ބަހަނާގެ ފަހަރުގައި މި މަޢުލޫމާތުތައް ހާމަނުކޮށް ހިފަހައްޓަމުންނެވެ.

ރިއެކްޓް

ރަނގަޅު ރަނގަޅު 0
ސަކަރާތް ސަކަރާތް 0
ލޯބި ލޯބި 0
މަޖާ މަޖާ 1