ސިޔާސީ , ޚަބަރު

ރައީސް މުއިއްޒާއި ބައްދަލުކުރަން އެދޭ ރައްޔިތުން ނަން ނޯޓުކުރަން ހުޅުވާލައިފި

13 ޖުލައި 2026 - 19:35
ރައީސް މުއިއްޒާއި ބައްދަލުކުރަން އެދޭ ރައްޔިތުން ނަން ނޯޓުކުރަން ހުޅުވާލައިފި

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުއާ ބައްދަލުކުރަން ބޭނުންވާ ރައްޔިތުންނަށް އެ ފުރުސަތު ރަސްމީކޮށް ހުޅުވާލައި، ނަން ނޯޓު ކުރުމުގެ އިންތިޒާމުތައް ރައީސް އޮފީހުން ހަމަޖައްސައިފިއެވެ.

ރައީސް އޮފީހުން މައުލޫމާތު ދީފައިވާ ގޮތުގައި، މި ފަހަރު މި ފުރުސަތު ހުޅުވާލައިފައި ވަނީ ހުޅުދޫ ދާއިރާ، ހޯރަފުށި ދާއިރާ، ހުޅުމާލެ އުތުރު އަދި ހުޅުމާލެ މެދު ދާއިރާގެ ރައްޔިތުންނަށެވެ. ރައީސްއާ ބައްދަލުކުރަން އެދޭ ފަރާތްތަކުން ނަން ނޯޓު ކުރަން ޖެހެނީ އެކަމަށް ހާއްސަކޮށްފައިވާ ޕޯޓަލް މެދުވެރިކޮށެވެ.

ނަން ނޯޓު ކުރުމުގެ އެންމެ ފަހު ވަގުތަކީ އަންނަ ބުދަ ދުވަހުގެ ރޭ 12:00 އެވެ.

މި ބައްދަލުވުންތަކަކީ ރާއްޖޭގެ ހުރިހާ ދާއިރާތަކެއްގެ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ރައީސް މުއިއްޒު ނިންމަވައި، މިދިޔަ މަހުގެ 25 ވަނަ ދުވަހު އިއުލާނު ކުރެއްވި ހާއްސަ ޕްރޮގްރާމުގެ ބައެކެވެ. މި ޕްރޮގްރާމުގެ ދަށުން ރައްޔިތުންނާ ބައްދަލުކުރެއްވުންތައް ކުރިއަށްދާނީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ.

ރައީސް އޮފީހުން އާންމުކޮށްފައިވާ އުސޫލުގައިވާ ގޮތުން، ރައްޔިތުންގެ މަޖިލީހުގައި މެންބަރުން ތަމްސީލުކުރާ 93 އިދާރީ ދާއިރާގެ ރައްޔިތުންނާ ރައީސް މުއިއްޒު ބައްދަލުކުރައްވާނެއެވެ.

މި ބައްދަލުވުންތައް ބާއްވާނެ ތަނާއި، ވަގުތާއި، އަދި ބައްދަލުވުންތަކުގެ ތަރުތީބު ކަނޑައަޅާނީ ރައީސް އޮފީހުންނެވެ.

ރިއެކްޓް

ރަނގަޅު ރަނގަޅު 1
ސަކަރާތް ސަކަރާތް 0
ލޯބި ލޯބި 0
މަޖާ މަޖާ 0