ޑޮލަރު އަގު ތިރިކުރާނެކަމަށް އަމިއްލައަށް ބުނެ ‘ފެއިލް’ ވުމުން ސައީދަށް ގޯސްވީ ކުރީ ސަރުކާރު
ޑޮލަރު އަގު ތިރިކުރައްވާނެކަމަށް އިކޮނޮމިކް މިނިސްޓަރ ސައީދު ވިދާޅުވެފައިވާތީއާއި، އެކަން ނުވެ ދިގުލައިގެންދާތީ ސުވާލުކުރެވުމުން އަމިއްލަ ނާޤާބިލުކަން ޤަބޫލުނުކުރައްވައި "ކުރީގެ ސަރުކާރު" ކުށްވެރިކޮށް މިނިސްޓަރ ސައީދު ވާހަކަފުޅުދައްކަވައިފިއެވެ.
މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި "ވިރާސީ" އިން ޑޮލަރުގެ އަގު ރާއްޖޭގައި ތިރިނުވެގެން އުޅޭ ސަބަބާއި ގުޅިގެން ސުވާލުކުރުމުން މިނިސްޓަރު ވަނީ ޑޮލަރުގެ އަގުގެ ވާހަކަ ނުދައްކަވާ ކުރީ ސަރުކާރުގެ ދަރަނީގެ ވާހަކަ ތަކުރާރުކޮށް ވިދާޅުވެ، ކުރީގެ ރައީސް ސޯލިހު އާއި ނަޝީދުއާއި އެ ސުވާކުކުރެއްވުމަށް ވިދާޅުވެފައެވެ.
ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގެ ކެންޕެއިން ދުވަސްވަރު ބޭއްވި ޖަލްސާއެއްގައި ވާހަކަފުޅުދައްކަވަމުން ސައީދު ވަނީ ޕީއެންސީއަށް މަޖިލިސް މެޖޯރިޓީ ލިބިއްޖެނަމަ ޑޮލަރުގެ އަގު ތިރިވާނެކަމަށް ވިދާޅުވެފައެވެ.
ނަމަވެސް މިއަދާއި ހަމައަށް އައިއިރުވެސް ޑޮލަރުގެ އަގު އެންމެ ލާރިއެއްވެސް ތިރިއަށް ގޮސްފައިނުވާއިރު، މިނިސްޓަރ ސައީދު ގެންދަވަނީ ޑޮލަރު ރޭޓުގެ ވާހަކަ ދައްކަވަން އިންކާރުކުރައްވާފައެވެ.
ރިއެކްޓް
ރަނގަޅު
0
ސަކަރާތް
2
ލޯބި
0
މަޖާ
0





