ޚަބަރު

އެމްޕީއެލާއި އެމްއޭސީއެލް ހިމެނޭހެން ފަސް ކުންފުންޏެއްގެ ބޯޑަށް ބަދަލު ގެނެސްފި

24 ޖޫން 2026 - 17:43
އެމްޕީއެލާއި އެމްއޭސީއެލް ހިމެނޭހެން ފަސް ކުންފުންޏެއްގެ ބޯޑަށް ބަދަލު ގެނެސްފި

ސަރުކާރުގެ ފަސް ކުންފުންޏެއްގެ ޑިރެކްޓަރުންގެ ބޯޑަށް ބަދަލުތަކެއް ގެނެސްފައިވާކަން ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) އިން މިއަދު ހާމަކޮށްފިއެވެ.

މި ބަދަލުތަކުގެ ތެރޭގައި ބައެއް ކުންފުނިތަކުގެ ބޯޑަށް އައު މެންބަރުން އައްޔަނުކުރުމާއި، ބައެއް މެންބަރުން މަޤާމުން ވަކިކުރުން ހިމެނެއެވެ.

ޕީސީބީން މިއަދު ދެންމެ އިޢުލާނުތަކުގައިވާ ގޮތުން، މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) ގެ ޗެއަރޕާރސަން ކަމުގެ މަޤާމަށާއި، ޑިރެކްޓަރުންގެ ބޯޑުގެ މެންބަރުކަމުގެ މަޤާމަށް، ދަޕްތަރު ނަންބަރ ރސ 14819، އަލްފާޞިލާ ސަޢާދާ އިބްރާހިމް ވަނީ އައްޔަނުކޮށްފައެވެ.

މީގެ އިތުރުން، މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) ގެ ޑިރެކްޓަރުންގެ ބޯޑުގެ މެންބަރުކަމުގެ މަޤާމަށް ސ. ހުޅުދޫ، ރިވަރސައިޑު އަލްފާޟިލް އަޙްމަދު ނާޞިފު ވަނީ އައްޔަނުކޮށްފައެވެ. އަދި އައްޑޫ އިންޓަރނޭޝަނަލް އެއަރޕޯޓް (އޭއައިއޭ) ގެ ބޯޑު މެންބަރުކަމަށް ސ. ހިތަދޫ، ވެލްކަމްވިލާ އަލްފާޟިލާ ޝެރީނާ ޞާލިޙް ވަނީ އައްޔަނުކޮށްފައެވެ.

ބޯޑުތަކަށް ގެނައި ބަދަލުތަކުގެ ތެރޭގައި ބައެއް މެންބަރުން ވަނީ މަޤާމުން ވަކިކޮށްފައެވެ. އެގޮތުން ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) ގެ ޑިރެކްޓަރުންގެ ބޯޑު މެންބަރުކަމުން މ. ވާރޭވިލާ، އަލްފާޟިލާ ޢާއިޝަތު ޢަލީ ވަނީ ވަކިކޮށްފައެވެ. އަދި މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) ގެ ބޯޑު މެންބަރުކަމުން އަލްއުސްތާޛާ އާމިނަތު ރައިޝަމް ވެސް ވަނީ ވަކިކޮށްފައެވެ.

ޕީސީބީން ހާމަކޮށްފައިވާ ގޮތުގައި މި ހުރިހާ ބަދަލުތަކަކަށް ވެސް ޢަމަލުކުރަން ފަށާފައިވަނީ 24 ޖޫން 2024 އިން ފެށިގެންނެވެ. ސަރުކާރުގެ ކުންފުނިތަކުގެ ހިންގުން ހަރުދަނާކުރުމަށްޓަކައި ޕީސީބީން ދަނީ ދޭތެރެ ދޭތެރެއިން ކުންފުނިތަކުގެ ބޯޑުތަކަށް ބަދަލުތައް ގެންނަމުންނެވެ.

ރިއެކްޓް

ރަނގަޅު ރަނގަޅު 0
ސަކަރާތް ސަކަރާތް 0
ލޯބި ލޯބި 0
މަޖާ މަޖާ 0