ސިޔާސީ

ފިނޭންސް މިނިސްޓަރ ޒަރީރަށް މަޖިލިސް ކޮމިޓީން ރުހުން ދީފި

22 ޖޫން 2026 - 12:52
ފިނޭންސް މިނިސްޓަރ ޒަރީރަށް މަޖިލިސް ކޮމިޓީން ރުހުން ދީފި

މިނިސްޓަރ އޮފް ފިނޭންސް އެންޑް ޕަބްލިކް އެންޓާޕްރައިސެސްގެ މަގާމަށް އައްޔަންކުރައްވާފައިވާ ހަސަން ޒަރީރަށް ރުހުން ދިނުމަށް ރައްޔިތުންގެ މަޖިލީހުގެ ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީން ފާސްކޮށްފިއެވެ.

ޒަރީރަށް ރުހުން ދިނުމާ މެދު ގޮތެއް ނިންމުމަށް ބޭއްވި ކޮމިޓީ ބައްދަލުވުމުގައި، އޭނާއަށް ރުހުން ދިނުމަށް ނިންމާފައިވަނީ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި މެންބަރުންގެ އިއްތިފާގުންނެވެ. ޒަރީރަށް ރުހުން ދިނުމުގެ އިތުރުން، ސަރުކާރުގެ ވުޒާރާތަކުގެ ނަންތަކާއި ދާއިރާތަކަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ގެންނެވި ބަދަލުތަކަށް ވެސް ކޮމިޓީގެ މެންބަރުން ވަނީ އިއްތިފާގުން ރުހުން ދިނުމަށް ނިންމާފައެވެ.

ކޮމިޓީން މި މައްސަލަ ދިރާސާކޮށް ނިންމުމާ ގުޅިގެން، ދެން އޮންނާނީ މަޖިލީހުގެ ތަޅުމަށް މި ރިޕޯޓު ހުށަހަޅައި، މުޅި މަޖިލީހުގެ މެންބަރުންގެ މެދުގައި ނަގާ ވޯޓަކުން ރުހުން ދިނުމާ މެދު ފައިނަލް ގޮތެއް ނިންމުމެވެ.

މިނިސްޓަރު ޒަރީރަކީ މާލީ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ލިބިވަޑައިގެންފައިވާ ބޭފުޅެކެވެ. އެގޮތުން އޭނާ ވަނީ މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) ގެ ޑެޕިއުޓީ ކޮމިޝަނަރު ކަމާއި ކޮމިޝަނަރު ކަމުގެ މަގާމު ވެސް ފުރުއްވާފައެވެ. މަގާމަށް އައްޔަން ކުރެއްވުމުގެ ކުރިން ވެސް އޭނާ ވަނީ ރާއްޖޭގެ މާލީ ދާއިރާއަށް ގިނަ ހިދުމަތްތަކެއް ކޮށްދެއްވާފައެވެ

ރިއެކްޓް

ރަނގަޅު ރަނގަޅު 1
ސަކަރާތް ސަކަރާތް 0
ލޯބި ލޯބި 0
މަޖާ މަޖާ 0