ސިޔާސީ , ޚަބަރު

އާދަމް ޝަރީފްގެ އަނބިކަނބަލުން ޒީނާޒު ހެލްތު މިނިސްޓްރީގެ ސްޓޭޓަކަށް

14 ޖޫން 2026 - 10:55
އާދަމް ޝަރީފްގެ އަނބިކަނބަލުން ޒީނާޒު ހެލްތު މިނިސްޓްރީގެ ސްޓޭޓަކަށް

މިނިސްޓްރީ އޮފް ހެލްތު، ފެމެލީ އެންޑް ވެލްފެއާގެ ސްޓޭޓު މިނިސްޓަރެއްގެ މަގާމަށް ޒީނާޒް އަދުނާން އައްޔަނުކޮށްފިއެވެ.

ޒީނާޒަކީ މި ސަރުކާރުގެ ލޯކަލް ގަވަމެންޓް މިނިސްޓަރުކަން ކުރެއްވި އާދަމް ޝަރީފް އުމަރުގެ އަނބިކަނބަލުންނެވެ.

ހެލްތު މިނިސްޓްރީގެ މީޑިއާ އޮފިޝަލް މިއަދު ވިދާޅުވީ، އެ މިނިސްޓްރީގެ ސްޓޭޓު މިނިސްޓަރަކަށް ޒީނާޒު އައްޔަނުކުރައްވާފައިވާ ކަމަށާއި، މިމަހުގެ 7 ވަނަ ދުވަހުން ފެށިގެން އޭނާ އެ މިނިސްޓްރީގެ ޖެންޑާ އާ ބެހޭ ބައިގައި މަސައްކަތް ކުރައްވަން ފައްޓަވާފައިވާ ކަމަށެވެ.

ތައުލީމީ ދާއިރާގައި ގިނަ ދުވަސްތަކެއް ވަންދެން ހިދުމަތް ކުރައްވާފައިވާ ޒީނާޒް ވަނީ މީގެ ކުރިން ކުޑަކުދިންގެ ހިޔާގެ ސީއީއޯގެ މަގާމު ވެސް ފުރުއްވާފައެވެ. މީގެ އިތުރުން، މި ސަރުކާރުގެ ކުރީކޮޅު ވެރިކަންކުރާ ޕީއެންސީގެ ސެކްރެޓަރީ ޖެނެރަލް (އެސްޖީ) ގެ މަގާމު ވެސް އޭނާ ވަނީ އަދާކުރައްވާފައެވެ.

ޒީނާޒްގެ ފިރިކަލުން އާދަމް ޝަރީފް އުމަރު މިދިޔަ އޭޕްރީލް މަހު މިނިސްޓަރުކަމުން އިސްތިއުފާ ދެއްވުމާ ގުޅިގެން، އޭނާ ގަތަރަށް ރާއްޖޭން ކަނޑައަޅާ ސަފީރަކަށް އައްޔަންކުރަން ނިންމައި، އެ މައްސަލަ މިހާރު ވަނީ ރައްޔިތުންގެ މަޖިލީހަށް ފޮނުވާފައެވެ.

ރިއެކްޓް

ރަނގަޅު ރަނގަޅު 0
ސަކަރާތް ސަކަރާތް 0
ލޯބި ލޯބި 0
މަޖާ މަޖާ 0