ވޯޓު ގުނަން ފަށައިފި، ގިނަ ފޮށިތަކުން ކުރީގައި އުޅެނީ ރައީސް ނަޝީދު
އެމްޑީޕީގެ ޗެއަރޕާސަނެއް ހޮވުމަށް މިއަދު ބޭއްވި އިންތިޚާބުގެ ވޯޓުލުން ނިންމައި ވޯޓު ގުނަން ފަށައިފިއެވެ.
ގިނަ ދާއިރާއެއްގެ ވޯޓުލުން ބަންދުކޮށް ވޯޓުގުނަން ފަށާފައިވާއިރު، ގިނަ ފޮށިތަކުގެ ވަގުތީ ނަތީޖާއިން ކުރީގައި އުޅުއްވަނީ ރައީސް ނަޝީދުއެވެ.
މިގޮތުން ގދ. ގައްދޫއާއި ދ. ބަނޑިދޫއާއި ވޭވަށް އަދި ވ. ތިނަދޫ ފަދަ ރަށްތަކުން ބޮޑުތަފާތަކުން ރައީސް ނަޝީދު ކާމިޔާބު ކުރައްވާފައިވާއިރު މީކާއީލަށް ލިބިފައިވަނީ ވަރަށް މަދު ވޯޓެކެވެ
މިހާތަނަށް ގުނި ފޮށިތަކަށް ބަލާއިރު، ނަޝީދަށް 4،722 ވޯޓު ލިބިވަޑައިގެންފައިވާއިރު. ނަޝީދުއާ ވާދަކުރެއްވި މީކާއިލް އަހުމަދު ނަސީމަށް ލިބިވަޑައިގަތީ 1،850 ވޯޓެވެ. ދެ ބޭފުޅުންގެ ދެމެދުގައި މިހާރު ވެސް 2،872 ވޯޓުގެ ތަފާތު އެބަހުއްޓެވެ.






ރިއެކްޓް