ބޮޑު ތަފާތަކުން މީކާއީލްގެ މައްޗަށް ރައީސް ނަޝީދު ކުރިހޯއްދަވައިފި
ބޮޑުތަފާތަކުން މީކާއީލާއި "އިތުބާރު" ޓީމުގެ މައްޗަށް ކުރިހޯއްދަވައި ރައީސް ނަޝީދު އެމްޑީޕީގެ ޗެއަރޕާސަންކަން ކަށަވަރު ކުރައްވައިފިއެވެ.
މިއަދު ބޭއްވުނު ޗެއާރޕާސަން އިންތިޚާބުގެ ގިނަ ފޮށިތަކުގެ ނަތީޖާ ނެރެފައިވާއިރު، ރައީސް ނަޝީދު އުޅުއްވަނީ ބޮޑުތަފާތަކުން ކުރީގައެވެ.
އަދި ނަތީޖާ ނުލިބޭ ފޮށިތަކުން ކޮންމެ ނަތީޖާއެއް ނުކުތް ކަމުގައިވިޔަސް ރައީސް ނަޝީދުގެ މައްޗަށް މީކާއީލަށް ކުރި ހޯދުމަކީ ވުން ނާދިރު ކަމެކެވެ.
އެމްޑީޕީގެ ކުރީގެ ޗެއަރޕާސަން ފަޔާ ވަނީ އިންތިޚާބު ކާމިޔާބު ވެއްޖެކަމަށް އިއުލާން ކުރައްވާފައެވެ. ފަޔާ ކުރެއްވި ޕޯސްޓުގައި އެމްޑީޕީގެ މެންބަރުން ބޮޑުބަދަލަކަށް ތައްޔާރުކަން ހާމަކޮށްދީފައިވާކަމަށް ވިދާޅުވިއެވެ.






ރިއެކްޓް