ސިޔާސީ

އާޓްސް މިނިސްޓްރީން މުސާރައިގެ %74 ހޭދަކުރަނީ ސިޔާސީ މުވައްޒަފުންނަށް

11 ޖޫން 2026 - 22:22
އާޓްސް މިނިސްޓްރީން މުސާރައިގެ %74 ހޭދަކުރަނީ ސިޔާސީ މުވައްޒަފުންނަށް

މިނިސްޓްރީ އޮފް އާރޓްސް، ކަލްޗަރ އެންޑް ހެރިޓޭޖް އިން މުސާރައިގެ ގޮތުގައި ހޭދަކުރާ ފައިސާގެ 74 އިންސައްތަ ޚަރަދުވަނީ ސިޔާސީ މުވައްޒަފުންނަށްކަން ހާމަވެއްޖެއެވެ.

މަޢުލޫމާތު ހޯދާ ލިބިގަތުމުގެ ހައްޤުޤެ ޤާނޫނުގެ ދަށުން މަޖުބޫރުވެގެން އާރޓްސް މިނިސްޓްރީން ހާމަކުރި މަޢުލޫމާތަށް ބަލާއިރު، އެ މިނިސްޓްރީގައި ވަޒީފާ އަދާކުރާ މުވައްޒަފުންގެ %67 އިންސައްތައަކީ ސިޔާސީ މުވައްޒަފުންނެވެ. އެއީ ޖުމްލަ 106 މުވައްޒަފުންގެ ތެރެއިން 72 މުވައްޒަފުންނެވެ.

ސިޔާސީ މަޤާމުތަކުގައި ތިއްބެވި 72 މުވައްޒަފުންނަށް މަހެއްގެ މައްޗަށް މުސާރައިގެ ގޮތުގައި 1،889،150ރ ހޭދަވާއިރު މިނިސްޓްރީގެ އެހެނިހެން މުވައްޒަފުންނަށް ޚަރަދުވަނީ 661،161.7ރ އެވެ. ކުރު ގޮތަކަށް ބުނަނީނަމަ ސިޔާސީ މުވައްޒަފުންނަށް ދޭ މުސާރަ އެހެނިހެން މުވައްޒަފުންނަށް ދޭ މުސާރައަށްވުރެ %185 އިތުރެވެ.

އާރޓްސް މިނިސްޓްރީއަށް އައްޔަނުކޮށްފައިވާ ސިޔާސީ މުވައްޒަފުންގެ ތެރޭގައި ހިމެނެނީ:

  • މިނިސްޓަރ ހީނާ ވަލީދު،
  • 5 ސްޓޭޓް މިނިސްޓަރުން،
  • 17 ޑެޕިއުޓީ މިނިސްޓަރުން،
  • 12 ޕޮލިޓިކަލް ޑިރެކްޓަރުން،
  • 30 ސީނިއަރ ޕޮލިޓިކަލް ޑިރެކްޓަރުން،
  • 1 އެސިސްޓެންޓް ޕޮލިޓިކަލް ޑިރެކްޓަރުން،
  • 1 ޚާއްސަ މުޝީރު،
  • 4 މުޝީރުން އަދި 
  • 1 ޕާސަނަލް އެސިސްޓެންޓް އެވެ.

އާރޓްސް މިނިސްސްޓްރީއެކޭ އެއްފަދައިން ސަރުކާރުގެ އެހެނިހެން މިނިސްޓްރީތަކަށްވެސް ގިނަ އަދަދަކަށް ސިޔާސީ މުވައްޒަފުން އައްޔަންކޮށްފައިވާކަން ފާހަގަކޮށްލެވެއެެވެ.

ރިއެކްޓް

ރަނގަޅު ރަނގަޅު 0
ސަކަރާތް ސަކަރާތް 2
ލޯބި ލޯބި 0
މަޖާ މަޖާ 0