ސަރުކާރުން އުނބަށްޖެހުން: ފެނަކަ ނުހިންގިގެން އިސްތިއުފާދިން މުއާޒަށް ފެންކުންފުނީގެ ޑީއެމްޑީކަން ދީފި
ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ގެންގުޅޭ އުނބަށް ޖެހުމުގެ އާންމު އުސޫލުގެ ދަށުން ފެނަކަ ކޯޕަރޭޝަނުގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރު މުއާޒު މުހައްމަދު ރަޝީދު މާލޭ ވޯޓާ އެންޑް ސެވަރޭޖް ކޮމްޕެނީ (އެމްޑަބްލިއުއެސްސީ) ގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރަކަށް މިއަދު އައްޔަންކޮށްފި އެވެ.
ފެނަކައަށް ލިބޭ ޢާމްދަނީއަށްވުރެ ޚަރަދު ބޮޑުކަމަށާއި ކުންފުނި ނުހިންގޭނެ ކަމަށް ވިދާޅުވެ 2024 ވަނަ އަހަރުގެ ފަހުކޮޅު އިސްތިއުފާދެއްވި މުއާޒު ފެންކުންފުނީގެ ޑީއެމްޑީގެ މަޤާމަށް އައްޔަނުކުރެވުނުކަން އިތުބާރުހުރި މަސްދަރަކުން "ވިރާސީ" އަށް ވަނީ ކަށަވަރުކުރެވިފައެވެ.
ރައީސް މުއިއްޒުގެ ސަރުކާރުގައި ފެނަކަ ހިންގުމަށް އެންމެ ފުރަތަމަ ހަވާލުކުރީ މުއާޒުއާއެވެ. ޚަރަދު ބޮޑު ސިޔާސަތުތަކެއް ގެންގުޅުއްވި މުއާޒު ފެނަކައިން އިސްތިއުފާދެއްވިއިރު އެ ކުންފުނިން ކޮރަޕްޝަނަށް މަގުފަހިވާފަދަ އެތައް ކަމެއް ކޮށްފައިވާކަމަށް ތުހުމަތު ކުރެވުނެވެ. ނަމަވެސް އޭގެއިން އެއްވެސް ތުހުމަތެއް ތަހުގީގު ކޮށްފައެއް ނުވެއެވެ.






ރިއެކްޓް