އޮޅުމަކުން ކަނޑާލެވުނު ޕީއެންސީ 5 މީހުނަށް ކުރެންދޫ ފެނަކައިން އަލުން ވަޒީފާ ދީފި
ސަރުކާރު ކުންފުނިތައް "ރައިޓް ސައިޒް" ކުރުމުގެ މަސައްކަތުގެ ތެރެއިން ފެނަކަ ބްރާންޗެއްގައި މަސައްކަތްކުރަމުންދިޔަ ޕީއެންސީއަށް ނިސްބަތްވާ 5 މީހަކު އޮޅިގެން ވަކި ކުރެވުމުން 24 ގަޑިއިރުގެ ތެރޭގައި އެ 5 މީހުނަށް އަލުން ވަޒީފާ ދީފިއެވެ.
ދާދިފަހުން ސްޓެލްކޯގެ ދަށަށް ގެންގޮސްފައިވާ ޅ. ކުރެންދޫ ފެނަކަ ބްރާންޗުގައި މަަސައްކަތް ކުރަމުންދިޔަ 9 މުވައްޒަފަކު ވަޒީފާއިން ވަކިކުރީ އިއްޔެ ނޫން ކުރިން ދުވަހުގެ ވަގުތެއްގައެވެ. ނަމަވެސް އެ 9 މީހުންގެ ތެރެއިން 5 މީހުންނަކީ ޕީއެންސީގެ ހަރަކާތްތަކުގައި އުޅޭ މީހުންކަން އެނގުނު ހިސާބުން ވަޒީފާ އަލުން އިއާދަކުރިކަމުގެ ޗިޓު އިއްޔެ ވަނީ ފޮނުވާފައެވެ.
މަޢުލޫމާތު ލިބޭ ގޮތުގައި ވަޒީފާ އަލުން އިއާދަކުރި 5 މީހުންނަށް ޗިޓު ހަވާލުކުރުމަށްފަހު އިތުރު 2 މުވައްޒަފަކު ވަނީ އިއްޔެ ވަޒީފާއިން ވަކިކޮށްފައެވެ. ކުރެންދޫ ބްރާންޗުގައި މަސައްކަތްކުރާ މުވައްޒަފަކު ކިޔައިދިން ގޮތުގައި ވަޒީފާއިން ވަކިކުރާ ޗިޓުތަކުގައި ވަޒީފާއިން ވަކިކުރާ ސަބަބަކަށް ބަޔާންކޮށްފައިވަނީ ޕީސީބީގެ ލަފަޔަކާއި ގުޅިގެން ވަކިކުރާ ކަމަށެވެ.






ރިއެކްޓް