ބަންދުކުރި "ޑްރަގް ކެފޭ"އެއް ތެރެއިން ދެ މީހަކު މަސްތުވާތަކެއްޗާއި އެކު ހައްޔަރުކޮށްފި
މަސްތުވާތަކެތި ބޭނުންކުރުމަށާއި އެ ތަކެތީގެ ވިޔަފާރިކުރުމަށް ބޭނުންކުރަމުންދާ މައްސަލައާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން ބަންދުކޮށްފައިވާ ގެއަކަށް ވަދެ ތިއްބައި، މަސްތުވާތަކެއްޗާއެކު ދެ މީހަކު ހައްޔަރުކޮށްފިއެވެ.
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ސ. މަރަދޫފޭދޫ، އުއްމީދީވިލާ، އަޙްމަދު ޝަރަތު (32އ)އާއި ސ. މަރަދޫފޭދޫ، ފަރިވިލާ، ޢާއިޝަތު ސަލީމް (37އ) އެވެ. މި ދެ މީހުން މި ޖުލައި މަހުގެ 13 ވަނަ ދުވަހު ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، 15 ދުވަހުގެ މުއްދަތަށް ބަންދުގައި ބޭތިއްބުމަށް ކޯޓުން ވަނީ އަމުރުކޮށްފައެވެ.
ފުލުހުން ހާމަކުރި ގޮތުގައި، މި ދެ މީހުން ހައްޔަރުކޮށްފައިވަނީ ސ. މަރަދޫފޭދޫ މެޖިސްޓްރޭޓް ކޯޓުން 90 ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައިވާ ސ. މަރަދޫފޭދޫ / އުއްމީދު ނަމަކަށް ކިޔާ ގެއަށް ވަދެ ތިއްބައެވެ.
އެ ގެއަކީ މަސްތުވާތަކެއްޗާ ބެހޭ ގާނޫނުގެ ދަށުން 2026 ޖޫން 15 ވަނަ ދުވަހު ބަންދުކޮށްފައިވާ ތަނެކެވެ.






ރިއެކްޓް