ސިޔާސީ

ފާޑުކިޔުންތައް އަމާޒުވާން ފެށުމުން އޮޑިޓު ކޮމިޓީން ސަނީހު އިސްތިއުފާ ދީފި

9 ޖުލައި 2026 - 16:06
ފާޑުކިޔުންތައް އަމާޒުވާން ފެށުމުން އޮޑިޓު ކޮމިޓީން ސަނީހު އިސްތިއުފާ ދީފި

ފާޑިކިޔުންތައް އިތުރުވުމުން މާލެ ސިޓީ ކައުންސިލުގެ އޮޑިޓު ކޮމިޓީގެ ޗެއާ ކަމުން އަހުމަދު ސަނީހު މިއަދު އިސްތިއުފާ ދެއްވައިފި އެވެ.

ހުޅުމާލެ މެދު ދާއިރާގެ މެންބަރު ސަނީހު ސިޓީ ކައުންސިލުގެ އޮޑިޓުކޮމިޓީގެ ޗެއާރގެ މަޤާމަށް އައްޔަންކުރުމުން ފާޑުކިޔުން އަމާޒުވީ އެންމެ ބޮޑު ސަބަބަކީ ކައުންސިލްގެ އޮޑިޓް ރިޕޯޓުތައް ނުނިމި ދިގުލައިގެން ގޮސްފައިވުމާއި އޮޑިޓްކުރަންޖެހޭ އަހަރުތަކަކީ ރައީސް މުޢިއްޒު މޭޔަރުކަމުގައި ހުންނެވި ދުވަސްވަރަށް ވުމެެވެ. ރައީސް މުޢިއްޒުގެ ދައުރުގައިހިންގާފައިވާ ކަމަށް ތުހުމަތުކުރެވޭ ކޮރަޕްޝަންތައް އޮޑިޓްކުރުމުގެ ކަންކަން ބަލަހައްޓާ ކޮމިޓީގެ ޗެއަރކަން ޕީއެންސީއަށް ނިސްބަތްވާ ކައުންސިލް މެންބަރަކާއި ހަވާލުކުރުމުން އެކަން އިންސާފުގެ ތެރެއިން ނުކުރެވޭނެކަމަށް ގިނަ ބަޔަކު ގަބޫލުކުރެއެވެ. އަދި މީގެ އިތުރުން ސަނީހު އެޗްޑީސީގައި ވަޒީފާގައި އުޅުނު ދުވަސްވަރު ހިންގިކަމަށް ތުހުމަތު ކުރެވިފައިވާ ކޮރަޕްޝަންގެ ޢަމަލުތަކަކީވެސް މީގެ އެއް ސަބަބެވެ.

ކައުންސިލުގެ ކޮމިޓީތައް ބެހިއިރު އޮޑިޓު ކޮމިޓީގެ އިތުރުން ފިނޭންސް، ބަޖެޓު އެންޑް ރިސޯސް މޮބިލައިޒޭޝަން ކޮމިޓީގެ ވައިސް ޗެއާމަނުކަންވެސް ސަނީހަށް ވަނީ ހަވާލުކޮށްފައެވެ.

ސަނީހު އޮޑިޓް ކޮމިޓީއަށް އައްޔަނުކުރުމުން ފާޑުކިޔުން އެންމެ ބޮޑަށް އަމާޒުވީ މޭޔަރު އާދަމް އާޒިމަށެވެ. އާޒިމަށް ވަނީ މީގެ ކުރިންވެސް މުއިއްޒުގެ މޭޔަރުކަމުގައި ހިންގާފައިހުރި ކަންކަން ފޮރުވަން މަސައްކަތްކުރާ ކަމުގެ ތުހުމަތު ކުރެވިފައެވެ.

ރިއެކްޓް

ރަނގަޅު ރަނގަޅު 0
ސަކަރާތް ސަކަރާތް 0
ލޯބި ލޯބި 0
މަޖާ މަޖާ 0