ޖަޒީރާ ބޯޓު އަޑިއަށްގޮސް މުދާތައް އޮޔާދަނީ
މާލެއިން ފުރައިގެން ގދ. ތިނަދުއަށް ދަތުރުކުރަމުންދިޔަ "ޖަޒީރާ" ނަމަކަށް ކިޔާ ބޯޓެއް، ވ. ފެލިދޫ ހުޅަނގު ކަނޑަށް އަޑިއަށް ގޮސްގެން ދިވެހި ފުލުހުންނާއި ޤައުމީ ދިފާޢީ ބާރުން ހަރަކާތްތެރިވާން ފަށައިފިއެވެ.
ފުލުިހުން ބުނެފައިވަނީ މ،ި ބޯޓު އަޑިއަށްދާ ކަމުގެ މައުލޫމާތު ލިބިފައިވަނީ މިއަދުގެ ހަވީރު 15:26 އެހާކަންހާއިރުއެވެ. އަދި މި ބޯޓުގައި ތިބި ހުރިހާ މީހުން ލޯންޗަކަށް ނަގައިފައިވާކަމަށްވެސް ފުލުހުން މަޢުލޫމާތުދެއެވެ.
ހަމައެއާއެކު މިބޯޓުން ބައެއް ތަކެތި އޮޔާ ދާތީ، އެ ސަރަހައްދުން ދަތުރުކުރައްވާ ފަރާތްތަކުން ސަމާލުކަން ދެއްވުމަށް ކޯސްޓްގާޑުން އިލްތިމާސްކޮށްފައިވާއިރު ކޯސްޓުގާޑުން ބުނީ މި ތަކެތި އޮޔާދާ ކަމަށް ލަފާކުރެވެނީ ވ.ފެލިދޫގެ 5 ނޯޓިކަލް މޭލު ބޭރުން އިރުމައްޗަށްކަމަށެވެ.
އެމްއެންޑީއެފުން އިތުރަށް ބުނީ މި ސަރަހައްދުން ރޭގަނޑު ދަތުރުކުރައްވާ ނަމަ، ދަތުރުވެރިން މި ކަމަށް ޚާއްޞަ ސަމާލުކަމެއް ދެއްވުމަށެވެ.






ރިއެކްޓް