ކުޅިވަރު

އިނގެރޭސިން ގެއަށް ފޮނުވާލާ މެސީ އާޖެންޓީނާ ގޮވައިން ތިންވަނަ ވޯލްޑް ކަޕް ފައިނަލަށް

16 ޖުލައި 2026 - 02:35
އިނގެރޭސިން ގެއަށް ފޮނުވާލާ މެސީ އާޖެންޓީނާ ގޮވައިން ތިންވަނަ ވޯލްޑް ކަޕް ފައިނަލަށް
އެންޒޯ ފެނާންޑޭޒް ލަނޑު ޖެހުމަށްފަހު އުފާފާޅުކުރަނީ. ފޮޓޯ: ބީއާރް

ފީފާ ވޯލްޑް ކަޕްގެ ސެމީ ފައިނަލް ދެވަނަ މެޗުގައި އިންގްލޭންޑް ބަލިކޮށް، ލިއޮނެލް މެސީގެ ކެޕްޓަންކަމުގެ ދަށުން އާޖެންޓީނާ ވިދިވިދުގެން ދެވަނަ ފަހަރަށް މުބާރާތުގެ ފައިނަލަށް ދަތުރުކޮށްފިއެވެ.

މިއީ މެސީގެ ކެރިއަރުގައި އާޖެންޓީނާ ގޮވައިގެން އޭނާ ވޯލްޑް ކަޕް ފައިނަލަށް ދަތުރުކުރި ތިންވަނަ ފަހަރެވެ.

ގިނަ ފައުލްތަކެއް ފެނިގެންދިޔަ މި މެޗުގެ ފުރަތަމަ ހާފުގައި ދެ ޓީމުގެ ފަރާތުންވެސް ފެނުނީ ވާދަވެރި ކުޅުމެކެވެ. ނަމަވެސް، ފުރަތަމަ ހާފުގައި އެއްވެސް ޓީމަކަށް ގޯލާ އަމާޒުކޮށް ނުރައްކާތެރި ހަމަލާއެއް ފޮނުވާލެވިފައެއް ނުވެއެވެ.

މެޗުގެ ފުރަތަމަ ލަނޑު ޖަހައި ކުރިހޯދީ އިންގްލޭންޑުންނެވެ. މެޗުގެ 55 ވަނަ މިނެޓުގައި މޯގަން ރޮޖާސް ނަގައިދިން ހުރަހަކުން މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ އެންތޮނީ ގޯޑަންއެވެ. މި ލަނޑަށްފަހު އިންގްލޭންޑުން ވަރަށް ބޮޑަށް ފަހަތަށް ޖެހިގެން ޑިފެންސިވް ކުޅުމެއް ކުޅެން ފެށިއެވެ.

އާޖެންޓީނާއިން މެޗުގެ ނަތީޖާ އެއްވަރުކުރީ 85 ވަނަ މިނެޓުގައެވެ. މިއީ ކެޕްޓަން މެސީ ތަނަވަސްކޮށްދިން ފުރުސަތަކުން އެންޒޯ ފެނާންޑޭޒް ކާމިޔާބުކުރި ލަނޑެކެވެ. އާޖެންޓީނާ މޮޅުވި ލަނޑު މެޗުގެ ފަހުކޮޅު ކާމިޔާބުކޮށްދިނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނިކުތް ލައުޓާރޯ މާޓިނޭޒްއެވެ. މެސީ ނަގައިދިން ހުރަހަކުން މާޓިނޭޒް މި ލަނޑު ޖެހީ ބޮލުންނެވެ.

މި މޮޅާއެކު އާޖެންޓީނާ ފައިނަލަށް ދަތުރުކޮށްފައިވާއިރު، ފައިނަލްގައި އެ ޓީމު ބައްދަލުކުރާނީ ސްޕެއިންއާއެވެ. ވޯލްޑް ކަޕްގެ ފައިނަލް މެޗު އޮންނާނީ މި މަހުގެ 19 ވަނަ ދުވަހުގެ ރޭ ރާއްޖެ ގަޑިން 12:00 ގައެވެ.

ރިއެކްޓް

ރަނގަޅު ރަނގަޅު 1
ސަކަރާތް ސަކަރާތް 0
ލޯބި ލޯބި 1
މަޖާ މަޖާ 0