ޑައިމަންޑް ޖުބްލީ: އަފްގާނިސްތާނުން ރާއްޖެ ބަލިކޮށްފި
ޑައިމަންޑް ޖުބްލީ މުބާރާތުގެ ދެވަނަ މެޗުގައި މިރޭ ރާއްޖެއާއި އަފްގާނިސްތާން ބައްދަލުކުރި މެޗު 0-0 އިން އެއްވަރުވެގެން ނިމިއްޖެ އެވެ.
ގަލޮޅު ރަސްމީ ދަނޑުގައި ކުޅުނު މި މެޗުގެ ފުރަތަމަ ހާފުގައި ދެ ޓީމުންވެސް ބޯޅަ ހިފަހައްޓައިން ކުޅެ ލަނޑު ޖަހަން މަސައްކަތްކުރި އެވެ. އެ ގޮތުން މެޗުގެ 23 ވަނަ މިނެޓުގައި ރާއްޖޭގެ އިބްރާހިމް އައިސަމް އޭރިއާ ބޭރުން ފޮނުވާލި ބޯޅަ އަފްގާނުގެ ކީޕަރު ވަނީ ދިފާއުކޮށްފަ އެވެ. އޭގެ ތިން މިނެޓުފަހުން އަފްގާނު ކީޕަރަށް ހެދުނު ގޯހެއްގެ ފައިދާ ނަގާ ރާއްޖޭގެ ކެޕްޓަން ބޭންޑު އަޅައިން ކުޅުނު ހަމްޒާ މުހައްމަދު (ހަމްޕު) ކުރިއަށް ފޮނުވާލި ބޯޅަ އަފްގާނުގެ ޑިފެންޑަރުން ދިފާއުކުރި އެވެ.
ފުރަތަމަ ހާފުގެ ފަހު 15 މިނެޓުގައި އަފްގާނުން ކުޅުން ރަނގަޅުކޮށް ހަމަލާތަކެއް އުފައްދަން މަސއްކަތްކުރި އެވެ. އަފްގާނުގެ ޖާޒީ ނަންބަރު 15 މެޗުގެ 30 ވަނަ މިނެޓުގައި ތިރިތިރިން ކުރިއަށް ފޮނުވާލި ބޯޅަ ބޭރަށް ދިޔައިރު، 43 ވަނަ މިނެޓުގައި ރާއްޖެއިން ހެދި ގޯހެއްގެ ފައިދާ ނަގާ ކައުންޓާ އެޓޭކުގައި ކުރިއަށްގޮސް އެ ޓީމުން ފޮނުވާލި ބޯޅަވެސް ދިޔައީ ބޭރަށެވެ.
ދެވަނަ ހާފަށް ރާއްޖެއިން ކުޅެން ނިކުތީ ބަދަލަކާއި އެކު އެވެ. އަހުޒަމް ރަޝީދުގެ ބަދަލުގައި އަލީ ފާސިރު (ސެންޓޭ) ވަނީ ކުޅެން ނިކުމެފަ އެވެ. އަދި 57 ވަނަ މިނެޓުގައި ހަމްޕުގެ ބަދަލުގައި އިބްރާހިމް މަހުދީ (ފޭދޫ އިއްބެ) ވެސް ވަނީ ކުޅެން ނެރަފަ އެވެ.
ކުޅެން ނިކުމެ މެޗުގެ 60 ވަނަ މިނެޓުގައި ފޭދޫ އިއްބެއަށް ލިބުނު ބޯޅަ އޭރިއާ ތެރޭގައި ހުރެ ކުރިއަށް ފޮނުވާލިއިރު އަފްގާން ކީޕއަރުވަނީ ދިފާއުކޮށްފަ އެވެ. އަދި އޭގެ އިރުކޮޅެއް ފަހުން ލިބުނު ފުރުސަތެއްގައި އަފްގާނުން ފޮނުވާލި ބާރު ހަމަލާއެއް ރާއްޖޭގެ ކީޕަރު ހުސެއިން ޝަރީފު ވަނީ ދިފާއުކޮށްފަ އެވެ.
63 ވަނަ މިނެޓުގައި ރާއްޖެއިން ވަނީ އަނެއްކާވެސް ބަދަލެއްކޮށްފަ އެވެ. ޒުވާން ފޯވާޑް މުހައްމަދު އިލާން އިމްރާންގެ ބަދަލުގައި ނައްސާހް އިބްރާހިމް ކުޅެން ނެރުނު އިރު އަހުމަދު އައިހަމް (ފަތޯ)ގެ ބަދަލުގައި ހަސަން ނާއިޒް (ދާދު) ވަނީ ކުޅެން ނިކުމެފަ އެވެ.
ބަދަލުތަކާއިއެކު ރާއްޖެއިން ދިޔައީ ކުޅުން ރަނގަޅުކުރަން މަސައްކަތް ކުރަމުންނެވެ. އެގޮތުން ބަދަލު ކުޅުންތެރިޔެއްގެ ގޮތުގައި ކުޅެން ނިކުތް ނައްސާހް 66 ވަނަ މިނެޓުގައި ކުރިއަށް ފޮނުވާލި ބޯޅަ އަމާޒުވީ ގޯލުގެ އަރިމަތީ ދާގަނޑަށެވެ.
ފުލުފުލުގައި ރާއްޖެއިން ގިނަ ހަމަލާތަކެއް އަފްގާނުގެ ގޯލަށް އަމާޒުކުރަމުންދިޔަ އިރު މެޗުގެ 68 ވަނަ މިނެޓުގައި އޭރިއާ ބޭރުން އިބްރާހިމް ވަހީދު (އިއްބެ) ގޯލާއި އަމާޒުކޮށް ފޮނުވާލި ބާރު ހަމަލާ އަފްގާނުގެ ކީޕަރު ވަނީ ދިފާއުކޮށްފަ އެވެ.
ރާއްޖެއިން ރަނގަޅަށް ކުޅެމުންދިޔަ ދަނޑިވަޅެއްގައި ލިބުނު ފުރުސަތުގެ ފައިދާ ނަގާ މެޗުގެ 80 ވަނަ މިނެޓުގައި އަފްގާނުގެ ފޯވާޑް ރޯމަން ފާޒީ ވަނީ އެ ޓީމަށް ލީޑުނަގާދީފަ އެވެ. އަފްގާނުން ނެގި ހުރަހެއްގައި އޭރިއާ ތެރެއަށް ވެއްޓުނު ބޯޅަ ފާޒީ ވަނީ ގޯލުގެ ތިރިއަށް މަޑުމަޑުން ފޮނުވާލާފަ އެވެ.
އަފްގާނުން ލަނޑު ޖެހުމުން މެޗުގެ 84 ވަނަ މިނެޓުގައި ހުސެއިން ޝިފާއު (ކުރޯ)ގެ ބަދަލުގައި އަލީ އަޝްފާގު ދަގަނޑޭ ވަނީ ކުޅެން ނިކުމެފަ އެވެ.
މެޗުގެ ފަހު މިނެޓުތަށް ކުރިއަށް ކުޅޭ ހަތަރު ކުޅުންތެރިންނާއެކު ރާއްޖެއިން ކުޅުނު ނަމަވެސް ގޯލެއް ކާމިޔާބުކުރެވޭގޮތްވަނީ ނުވެފަ އެވެ.
އަފްގާނިސްތާނާއި ދެކޮޅަށް ރާއްޖެއިން އެންމެ ފަހުން ކުޅުނު ދެ މެޗުންވެސް މިވަނީ ބަލިވެފަ އެވެ. 2025 ވަނަ އަހަރު އޮތް ސާފް ޗެމްޕިއަންޝިޕުގައި 4-1 އިން އަފްގާނުން ރާއްޖެ ބަލުކުރި އިރު






ރިއެކްޓް