ޚަބަރު , ވިޔަފާރި

ޑޮލަރު ނެތުމަށްވުރެ ބީއެމްއެލް ސީއީއޯ އަށް ގޯސްވީ ޑޮލަރު ނެތް ވާހަކަ ދެއްކުން

15 ޖުލައި 2026 - 18:25
ޑޮލަރު ނެތުމަށްވުރެ ބީއެމްއެލް ސީއީއޯ އަށް ގޯސްވީ ޑޮލަރު ނެތް ވާހަކަ ދެއްކުން

ރާއްޖޭގައި ޑޮލަރު ލިބުމުގެ ދަތިކަން ރައްޔިތުން ތަހައްމަލުކުރަމުންދާ ދުވަސްވަރެއްގައި، ޑޮލަރު ނުލިބުމަށްވުރެ ޑޮލަރު ނުލިބޭ ވާހަކަ ދެއްކުން ބޭންކް އޮފް މޯލްޑިވްސްގެ ސީއީއޯ މުޙައްމަދު ޝަރީފަށް ގޯސްވެއްޖެއެވެ.

ޑޮލަރުގެ ހާލަތާ ގުޅޭގޮތުން މީޑިއާގައި ދެކެވޭ ވާހަކަތަކަށް ރައްދުދެއްވަމުން ޝަރީފު ވަނީ "ޑޮލަރު ނެތް ކަމަށް ބުނަނީ ކަޅުބާޒާރުގައި ޑޮލަރުގެ އަގު މަތިކުރުމުގެ ބޭނުމުގައި ކަމަށް" ވިދާޅުވެ ޑޮލަރު ނުލިބޭ ވާހަކަދެއްކުން ކުށްވެރިކުރައްވާފައެވެ.

ޝަރީފުގެ ވާހަކަފުޅުގައި ބޭންކަށް ޑޮލަރު ގަންނަން ލިބޭ މިންވަރަށްވުރެ ވިއްކަންޖެހޭ ޢަދަދު އިތުރުވުމުން އެކަން މެނޭޖްކުރުމުގައި ދަތިތަކެއް ހުރިކަމަށް އެއްބަސްވެލެއްވިއެވެ. ނަމަވެސް ޑޮލަރު ނުލިބޭކަމަށް ދެކެވޭ ވާހަކަތަކާ ގުޅޭ ގޮތުން ޝަރީފު ވިދާޅުވީ އެފަދަ ވާހަކަތައް ފަތުރަނީ ކަޅު ބާޒާރުގައި ޑޮލަރުގެ އަގު މަތިކުރުމުގެ ބޭނުމުގައެވެ.

ޝަރީފު މިފަދައިން ވިދާޅުވީ ނަމަވެސް އިޤްތިސާދީ މާހިރުން ވަނީ ޑޮލަރުގެ އަގު އުފުލުމުގެ ފަހަތުގައި ވަނީ ބީއެމްއެލްގެ ދެކޮޅުނުޖެހޭ ސިޔާސަތުތައް ކަމަށް ފާހަގަކޮށް ކަންބޮޑުވުން ފާޅުކޮށްފައެވެ. މިގޮތުން ދާދިފަހުން ބީއެމްއެލް އިން ފަށާފައިވާ ޑޮލަރު މާރުކުރުމުގެ ސްކީމުގެ ސަބަބުން ކަޅު ބާޒާރުގައި ޑޮލަރުގެ އަގު ކުރިއަށްވުރެ އަވަސް މިނެއްގައި މައްޗަށްދާނެ ކަމަށް އެބޭފުޅުން ވަނީ ފާހަގަކޮށްފައެވެ.

ރިއެކްޓް

ރަނގަޅު ރަނގަޅު 1
ސަކަރާތް ސަކަރާތް 0
ލޯބި ލޯބި 0
މަޖާ މަޖާ 0