ސިޔާސީ

އެޗްޑީސީން މުވައްޒަފުން ވަކިކުރަނީ ޕީއެންސީ މަޖިލިސް މެންބަރުން ތައްޔާރުކުރި ލިސްޓަކަށް: ފަޔާ

15 ޖުލައި 2026 - 20:39
އެޗްޑީސީން މުވައްޒަފުން ވަކިކުރަނީ ޕީއެންސީ މަޖިލިސް މެންބަރުން ތައްޔާރުކުރި ލިސްޓަކަށް: ފަޔާ

ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަނުން މުވައްޒަފުން ވަކިކުރަމުންދަނީ ޕީއެންސީގެ މަޖިލިސް މެންބަރުން ތައްޔާރުކޮށްފައިވާ ލިސްޓުތަކާއި އެއްގޮތަށް ކަމަށް އެމްޑީޕީގެ ކުރީގެ ޗެއަރޕާސަން ފައްޔާޒް އިސްމާޢީލް ވިދާޅުވެއްޖެއެވެ

އެޗްޑީސީން ގިނަ އަދަދެއްގެ މަޤާމުތަކެއް އުވާލަން ނިންމައި އެ މަޤާމުތަކުގައި ތިއްބެވި މުވައްޒަފުން ވަކިކުރަން ފަށާގައިވަނީ ވަޒީފާއާއި ބެހޭ ޤާނޫނާއި ޚިލާފަށް ކަމަށް ވިދާޅުވަމުން ފައްޔާޒް ސޯޝަލްމީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މަޤާމުތަކުން މީހުން ވަކިިކުރަމުންދަނީ ޕީއެންސީއަށް ނިސްބަތްވާ މަޖިލިސް މެންބަރުން ދެއްވާފައިވާ ލިސްޓުތަކަށް ބަލައިގެން ކަމަށެވެ.

"މަގާމު އުވާލުމަށް ފަހު އެޗްޑީސީގެ ވަޒީފާއިން އެތައް މުވައްޒަފުންނެއް ކަނޑަމުންދަނީ ވަޒީފާއާ ބެހޭ ގާނޫނުތަކާ ކަނޑައެޅިގެން ހިލާފަށް. 24 ގަޑިއިރުގެ ނޯޓިސް ވެސް ނުދީ އެމްޑީޕީއަށް ތާއިދުކުރާ އެތައް ސަތޭކަ މުވައްޒަފުންނަށް ވަނީ ވަޒީފާއިން ވަކިވުމަށް މަޖުބޫރުކޮށްފައި. ވަޒީފާތަކުން މީހުން ވަކިކުރުމުގައި ބަލާފައިވަނީ ޕީއެންސީގެ މަޖިލިސް މެންބަރުން ތައްޔާރުކުރި ލިސްޓަކަށް." ފަޔާގެ ޕޯސްޓުގައި ވިދާޅުވިއެވެ.

ފަޔާ ވިދާޅުވީ އެޗްޑީސީން ވަކިކުރަމުންދަނީ އެތައް އަހަރަކު ހިދުމަތްކޮށްފައި ތިބި ގާބިލު މުވައްޒަފުން ކަމަށާއި އެ މަޤާމުތައް އަލުން ދެމުންދަނީ ސިޔާސީ އެކްޓިވިސްޓުންނަށް ކަމަށެވެ.

ސަރުކާރު ހިއްސާވާ ކުންފުނިތައް "ރައިޓް ސައިޒް" ކުރުމުގެ ނަމުގައި މުޢިއްޒުގެ ސަރުކާރުން ކުރަމުންދާ ހަމައެކަނި ކަމަކީ މުއިއްޒަށް ތާއިދުނުކުރާ މީހުން ވަކިކުރުން ކަން ފާހަގަކުރައްވަމުން ފަޔާ ވިދާޅުވީ އެތައް އާއިލާއެއްގެ އާމްދަނީ ހުއްޓުވާލައި އަނިޔާވެރިވަމުންދާ މުޢިއްޒުގެ ސަރުކާރާއި މިކަމުގައި ބައިވެރިވާ މީހުންނާ ގާނޫނު އަރާ ހަމަކުރާނެ ކަމަށެވެ.

ރިއެކްޓް

ރަނގަޅު ރަނގަޅު 0
ސަކަރާތް ސަކަރާތް 0
ލޯބި ލޯބި 0
މަޖާ މަޖާ 0