ސިޔާސީ

ސޯބެގެ ކެންޕެއިނަށް އިހުސާން ފަންޑުކުރިކަމުގެ އަޑުތައް ގަދަވަނީ

7 ޖޫން 2026 - 20:07
ސޯބެގެ ކެންޕެއިނަށް އިހުސާން ފަންޑުކުރިކަމުގެ އަޑުތައް ގަދަވަނީ

ނިމިގެން މިދިޔަ ހިތަދޫ އުތުރު ދާއިރާގެ ބައިއިލެކްޝަން ކާމިޔާބުކުރެއްވި އިދިކޮޅު އެމްޑީޕީގެ ކެންޑިޑޭޓް އަބްދުﷲ ސޯދިގު (ސޯބެ) ގެ ކެންޕެއިނަށް ސަރުކާރުގެ ހޯމް މިނިސްޓަރ އަލީ އިހުސާނު ފަންޑުކުރެއްވި ކަމުގެ ތުހުމަތުތައް އިތުރުވެ އޭގެ އަޑުތައް ގަދަވާން ފަށައިފިިއެވެ.

އިންތިޚާބުގެ ނަތީޖާ ކަށަވަރުވުމާއެކު ސަރުކާރު ހިންގާ ޕީއެންސީއަށް ތާއީދުކުރާ އައްޑޫ ރައްޔިތުންގެ މެދުގައި ދެކެވެންފެށި އެއް ވާހަކައަކީ މި އިންތިޚާބުން ޕީއެންސީ ބަލިވުމުގައި ޕީއެންސީގެ އެތެރޭގެ ފަރާތްތަކުގެ އެއްވެސް އަތެއް އޮތްކަމުގެ ވާހަކައެވެ.

މި ވާހަކަތަކުގެ ތެދު ދޮގު ބެލުމަށް ކުރެވުނު މަސައްކަތުގެ ތެރެއިން އައްޑޫ ޕީއެންސީ ކެނޑިޑޭޓް އަހުމަދު ސައީދު (ސޮޑާ) ގެ ކެންޕޭން ޓީމުގެ އިސްފަރާތަކާއި ވާހަކަދައްކާލުމުން އިހުސާނާއި މެދު ކުރެވޭ ތުހުމަތުތަކުގެ ވާހަކަ "ވިރާސީ" އާއި ހިއްސާކުރެއްވިއެވެ. 

"ފަންޑުކުރި ކަމަށްވަނީ. ސޯބެގެ ކެންޕެއިނަށް. ވޯޓުއަޅަން މާލެ ދާން މީހުންނަށް ޓިކެޓު ހަމަޖެއްްސުމަށް. މިފަދަ އެތައް ކަމެއް ހިނގި. ފޮށިން އެ ފެނުނު ކުޑަތަފާތަކީ މި ބުނި މަސައްކަތުން ދެއްކި އެތި" ކެންޕޭނުގެ ކަންކަން ހިނގާދިޔަގޮތް ހިތްހަމަނުޖެހި ހުރެ ކިޔައިދެމުން އެމީހާ ބުންޏެވެ.

ޕީއެންސީއަށާއި ރައީސް މުޢިއްޒުއަށް ލިބެން އޮތް މޮޅަކަށްވުރެ އިހުސާނަށް މުހިއްމުވީ އަމިއްލަ ޒާތީ މައްސަލައަކަށް ކަމަށް އެމީހާ ފާހަގަކުރިއެވެ. "ދުރުކޮށްލި ކޮށްލުން އެ ދެއްކީ. ކެންޕޭނުން ބޭރުކޮށްލީއޭ އެންމެ ގާތް މީހުންވެސް ދިޔައީ ކިޔަމުން" އިހުސާނު އައްޑޫ ކެންޕޭން މެނޭޖަރުކަމުން ދުރުކުރުމުން އެކަމާ އިހުސާނު ހިތްހަމަނުޖެހި ހުރިކަން އޭނާގެ ގާތްމީހުންގެ ފަރާތުން އެނގިފައިވާކަން އެމީހާ ހާމަކުރިއެވެ.

އިލެކްޝަންސް ކޮމިޝަންގެ ވަގުތީ ނަތީޖާއިން ދައްކާ ގޮތުގައި ސޮޑާއަށް ލިބިވަޑައިގަތީ 1313 ވޯޓެވެ. އަދި ސޯބެއަށް ލިބިވަޑައިގަތީ 1375 ވޯޓެވެ. މިއީ ސަރުކާރުން އެއްވެސް ވަރަކަށް އުއްމިދުކުރި ނަތީޖާއެއް ނޫނެވެ. އަދި މި އިންތިޚާބު ކާމިޔާބުކުރުމަށް ކެބިނެޓު މިނިސްޓަރުން ގެންދެވީ އައްޑޫގައި ކޭމްޕު ކުރައްވައިގެން ތިއްބަވައި ކެންޕޭން ކުރައްވަމުންނެވެ.

އިހުސާނު ސޯބެގެ ކެންޕޭނަށް ފަންޑުކުރި ވާހަކަ ސާބިތުވެއްޖެ ނަމަ އިހުސާނުގެ ބޭވަފާތެރިކަން ޕީއެންސީގެ ލީޑާޝިޕަށް ހަޖަމުވާނެތޯ މިއީ މިހާރު އުފެދޭ އެންމެ ބޮޑު އެއް ސުވާލެވެ.

ރިއެކްޓް

ރަނގަޅު ރަނގަޅު 2
ސަކަރާތް ސަކަރާތް 0
ލޯބި ލޯބި 1
މަޖާ މަޖާ 0