ސިޔާސީ

އެންމެންވެސް ތިބީ ކޮޅު ނަގައިގެން، ހިޔަޅު ބުއްދީގަ އެވާހަކަ ދައްކަން ނުކެރެނީ: އަމީރު

7 ޖޫން 2026 - 09:02
އެންމެންވެސް ތިބީ ކޮޅު ނަގައިގެން، ހިޔަޅު ބުއްދީގަ އެވާހަކަ ދައްކަން ނުކެރެނީ: އަމީރު

އެންމެން ވެސް ތިބީ ސިޔާސީ ގޮތުން ވަކި ކޮޅެއް ނަގައިގެން ކަމަށާއި، ނަމަވެސް އެއްބަޔަކަށް އެވާހަކަ އެގޮތަށް ބުނަން ނުކެރެނީ ކަމުގައި ވިދާޅުވެ އެމްޑީޕީގެ ޗެއާޕާސަން ކަމަށް ވާދަކުރައްވާ މީކާއީލް ނަސީމްއާއި އޭނާގެ ޓީމަށް ކުރީގެ ފިނޭންސް މިނިސްޓަރ އަމީރު ހޫނު ރައްދެއް ދެއްވައިފިއެވެ.

އަމީރު މިފަދައިން ވިދާޅުވީ ރައީސް ނަޝީދުގެ ބޮޑުބަދަލު ކެންޕޭނުގެ ގައްދޫ ޖަލްސާގައި ވާހަކަދައްކަވަމުންނެވެ.

ރައީސް ނަޝީދު ޗެއާޕާސަން ކަމަށް ކުރިމަތިލައްްވައިގެން ހުންނަވައި ރިޔާސީ ރޭހުގައި ފައްްޔާޒަށް ތާއީދުކުރައްވާކަން ހާމަކުރައްވާތީ އެކަމަށް މީކާއީލުގެ ޓީމުން ފާޑުކިޔާތީ އެކަމަށް ރައްދު ދެއްވަމުން އަމީރު ވިދާޅުވީ އެންމެންވެސް ތިބީ ކުރިއަށް އޮރް ރިޔާސީ ކެންޕޭނުގައި ކޮޅޭއް ނަގައިގެން ކަމަށާއި އެއްބަޔަކަށް އެކަން ހާމަކޮށް ބުނަން ނުކެރެނީ ކަމަށެވެ.

"އެންމެން ވެސް ތިބީ ކޮޅު ނަގައިގެން. ހަމަ އެންމެން ވެސް ތިބީ ކޮޅު ނަގައިގެން. ނުކެރެނީ ހިޔަޅު ބުއްދީގަ މި މީހުންނަށް ނުކެރެނީ އެވާހަކަ ދައްކަން. ހަމަ އެންމެން ވެސް ތިބީ ކޮޅު ނަގައިގެން، އަޅުގަނޑުމެންނަށް އެބަ ފެނޭ." އަމީރު ވިދާޅުވިއެވެ.

އަމީރުގެ ވާހަކަފުޅުގައި ނުސީދާކޮށް ރައީސް ސޯލިހަށްވެސް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އެގޮތުން ރައީސް ސޯލިހު ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާކަން އިއުލާން ނުކުރައްވައި ސިއްރިއްޔާތުގައި ކެންޕޭންކުރައްވާތީ އެކަމަށް އަމީރު ވަރަށް ބޮޑަށް ފާޑު ވިދާޅުވިއެވެ.

"އަޅުގަނޑުމެންނަށް އެބަ ފެނޭ އަޅުގަނޑުމެން ތެރޭގަ އޮފީސްތައް ހަދައިގެން ރިޔާސީ ޕްރައިމަރީގެ ކެންޕޭން ވެސް ރަނގަޅަށް ކުރިއަށް އެބަދޭ. އެކަމަކު އެކަކަށް ވެސް ނުކެރޭ ކެމެރާ ކުރިމައްޗަށް އަރައި ތިމަންނަ ރިޔާސީ ޕްރައިމަރީގައި ވާދަކުރާނަމޭ. ތިމަންނަ ބޭނުމީ ބޮޑެތި ބަދަލުތައް ރާއްޖެއަށް ގެންނަންށޭ، ޤާނޫނު އަސާސީ ބަދަލުކުރަން އެބަޖެހެޔޭ،އެސްއޯއީތރައް ހިނގާ ގޮތް ބަދަލުކުރަން އެބަޖެހެޔޭ. އިންޑިޕެންޑެންޓް ކޮމިޝަންތައް ބަދަލުކުރަން އެބަޖެހެޔޭ.. މިވާހަކަތައް ދާއްކާކަށް ނުކެރޭ. އެންމެންވެސް ބޭނުންވަނީ ހަމަ މިހެން ފޮރުވިގެން ތިބެގެން ގޮސް ވަރަށް މަކަރުވެރިކަމާއެކު ހީލަތްތެރިކަމާއެކު މިކަންތައްތައް ކުރަން. އެވާހަކަތައް ދައްކަން ކެރޭ ބަޔަކާއެއްކޮށް ނޫނިއްޔާ އަޅުގަނޑުމެން ބޭނުމެއްނޫން ސިޔާސީ ކަންކަން ކުރާކަށް." ރައީސް ސޯލިހަށް އިޝާރާތް ކުރައްވައި އަމީރު ވިދާޅުވިއެވެ.

ގައްދޫގައި ބޭއްވި ޖަލްސާގައި އަމީރު ވަނީ 2028 ރިޔާސީ އިންތިޚާބުން އެމްޑީޕީ ބަލިވީ ސަބަބުވެސް ހާމަކޮށްދެއްވާފައެވެ. އަމީރު ވިދާޅުވި ގޮތުގައި ރިޔާސީ އިންތިޚާބުން ބަލިވީ ރައީސް ނަޝީދު ނުލައި އެކަން ކުރަން ހަދައިގެންނެވެ.

ރިއެކްޓް

ރަނގަޅު ރަނގަޅު 0
ސަކަރާތް ސަކަރާތް 1
ލޯބި ލޯބި 0
މަޖާ މަޖާ 0