ސިޔާސީ

ޕީއެންސީ ދާއިރާގެ ރައީސްކަމުން ނާޒިމް ވަކިކޮށްފި

6 ޖޫން 2026 - 12:31
ޕީއެންސީ ދާއިރާގެ ރައީސްކަމުން ނާޒިމް ވަކިކޮށްފި

ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސްކަމުގެ މަގާމުން އިސްތިއުފާ ދެއްވި، ދިއްގަރު ދާއިރާގެ މެންބަރު އަހްމަދު ނާޒިމް ޕީއެންސީގެ ދިއްގަރު ދާއިރާގެ ރައީސްކަމުން ވެސް ވަކިކޮށްފިއެވެ.

މި ނިންމެވުން ނިންމާފައިވަނީ މި މަހުގެ 2 ވަނަ ދުވަހު ބޭއްވި ޕީއެންސީގެ ސެނެޓް ބައްދަލުވުމުގައެވެ.

ބައްދަލުވުމުގެ ރިޔާސަތު ބެލެހެއްޓެވި ރައީސް މުހައްމަދު މުއިއްޒު ވަނީ ނާޒިމް ދާއިރާގެ ރައީސްކަމުން ވަކިކުރިކަން ސެނެޓް މެންބަރުންނަށް އަންގަވާފައެވެ. ސެނެޓްގެ ބައެއް މެންބަރުން ވިދާޅުވި ގޮތުގައި ލީޑާޝިޕުން މި ފިޔަވަޅު އެޅީ ޕާޓީގެ އަސާސީ ގަވާއިދުގެ ދަށުން ހަދާފައިވާ ސެނެޓް ހިންގުމުގެ ގަވާއިދުން ލީޑާޝިޕަށް ލިބިދޭ ބާރުގެ ދަށުންނެވެ. 

ނާޒިމް މަޖިލީހުގެ ނައިބު ރައީސްކަމުން އިސްތިއުފާ ދެއްވީ މިދިޔަ މަހުގެ 31 ވަނަ ދުވަހުއެވެ. އެއީ ޕީއެންސީގެ ޕާލިމަންޓްރީ ގްރޫޕުން އޭނާގެ މައްޗަށް އިތުބާރު ނެތް ކަމަށް ނިންމައި، މަގާމުން ވަކިކުރުމުގެ މައްސަލަ މަޖިލީހަށް ހުށަހަޅާފައި ވަނިކޮށެވެ. ޕީއެންސީން ހުށަހެޅި ގަރާރުގައި ތުހުމަތުކޮށްފައިވަނީ ނާޒިމް މަޖިލީހުގައި ފިތުނަ އުފައްދައި މަސްލަހަތު ގެއްލުވާލުމަށް ތަކުރާރުކޮށް މަސައްކަތްކުރައްވާފައިވާ ކަމަށެވެ.

މި ތުހުމަތުތަކަށް އިންކާރު ކުރައްވަމުން ނާޒިމް ވިދާޅުވީ، މަގާމުން އިސްތިއުފާ ދެއްވަން ނިންމެވީ އޭނާ އެ މަގާމަށް އިންތިހާބުކުރެއްވި މެންބަރުން އޭނާ ވަކިކުރަން ހުށަހަޅުއްވާފައިވާތީ ކަމަށެވެ. މީގެ އިތުރުން، މަޖިލީހުގެ ނައިބު ރައީސްކަމުން ވަކިކުރަން ހުށަހެޅުމުގެ ކުރިން، ރައީސް މުއިއްޒު ވަނީ ޕީއެންސީ ޕީޖީ ގްރޫޕުގެ ވަޓްސްއެޕް ގްރޫޕުން ވެސް ނާޒިމް ވަނީ ބޭރުކޮށްލާފައެވެ.

ރިއެކްޓް

ރަނގަޅު ރަނގަޅު 0
ސަކަރާތް ސަކަރާތް 0
ލޯބި ލޯބި 0
މަޖާ މަޖާ 0