ޚަބަރު

ވަގަށް ވަދެ އުޅުނު ބޭރުގެ ދެ މަސްބޯޓު ހުއްޓުވަން އެމްއެންޑީއެފުން ހަރަކާތްތެރިވާން ފަށައިފި

25 ޖޫން 2026 - 10:26
ވަގަށް ވަދެ އުޅުނު ބޭރުގެ ދެ މަސްބޯޓު ހުއްޓުވަން އެމްއެންޑީއެފުން ހަރަކާތްތެރިވާން ފަށައިފި

ރާއްޖޭގެ ކަނޑުގެ ސަރަހައްދަށް ބޭރުގެ ދެ މަސްބޯޓު ވަނުމާ ގުޅިގެން އެމްއެންޑީއެފުން އެ އުޅަނދުތައް ހުއްޓުވުމުގެ މަސައްކަތް ފަށައިފިއެވެ.

މި ހާދިސާ ހިނގާފައިވަނީ ރާއްޖޭގެ ދެކުނުގެ ސަރަހައްދުންނެވެ.

އެމްއެންޑީއެފުން މައުލޫމާތު ދީފައިވާ ގޮތުގައި، ބޭރުގެ ދެ މަސްބޯޓެއް ގދ. އަތޮޅާއި ފުވައްމުލަކު ދޭތެރޭ އޮންނަ އިކްއެޓޯރިއަލް ޗެނަލް ތެރެއިން ދަތުރުކުރަމުންދާ ކަމުގެ ރިޕޯޓް ވަނީ ލިބިފައެވެ. މި ބޯޓުތައް ފެނިފައިވަނީ ގދ. ފިޔޯރީގެ ހުޅަނގުން ގާތްގަނޑަކަށް ނުވަ ނޯޓިކަލް މޭލު ބޭރުން، އިރުން ހުޅަނގަށް ދަތުރުކުރަމުން ދަނިކޮށެވެ.

މި ރިޕޯޓާ ގުޅިގެން އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑުން މިހާރު ދަނީ އެ ސަރަހައްދުގައި ހަރަކާތްތެރިވަމުންނެވެ. ސިފައިން ދަނީ އެ އުޅަނދުތައް ކައިރިއަށް ގޮސް، އެއީ ކޮން ގައުމެއްގެ ބޯޓުތަކެއްތޯ ބަލައި، އަޅަންޖެހޭ ފިޔަވަޅުތައް އެޅުމުގެ މަސައްކަތް ކުރަމުންނެވެ.

ރާއްޖޭގެ ކަނޑުގެ ސަރަހައްދަކީ ބޮޑު ސަރަހައްދަކަށް ވެފައި، ދޭތެރެދޭތެރެއިން ބޭރުގެ މަސްބޯޓުތައް ގަވާއިދާ ހިލާފަށް ރާއްޖޭގެ ސަރަހައްދަށް ވަދެ އުޅެއެވެ. މިފަދަ ހާދިސާތަކުގައި ކޯސްޓްގާޑުން ދަނީ ރާއްޖޭގެ ކަނޑުގެ ސަރަހައްދު ބެލެހެއްޓުމާއި، ގަވާއިދާ ހިލާފަށް ވަންނަ އުޅަނދުތައް އަތުލައިގަތުމުގެ މަސައްކަތް މެދުނުކެނޑި ކުރަމުންނެވެ.

ރިއެކްޓް

ރަނގަޅު ރަނގަޅު 0
ސަކަރާތް ސަކަރާތް 0
ލޯބި ލޯބި 0
މަޖާ މަޖާ 0