ސިޔާސީ

މުންނާރަށް ފަރުވާ ނުދެވެނީ ރަނގަޅު ކޮލިޓީގެ އުވަ ނުލިބޭތީ: ހީނާ

1 ޖުލައި 2026 - 12:46
މުންނާރަށް ފަރުވާ ނުދެވެނީ ރަނގަޅު ކޮލިޓީގެ އުވަ ނުލިބޭތީ: ހީނާ

މާލޭގައި ހުންނަ ހުކުރު މިސްކިތު މުންނާރު މަރާމާތުކޮށް ސާފުކޮށް ފަރުވާނުދެވު ހުންނަން ދިމާވާ ސަބަބަކީ ރަނގަޅު ކޮލިޓީގެ އުވަ ނުލިބުން ކަމުގައި މިނިސްޓަރ އޮފް އާޓްސް، ކަލްޗަރ އެންޑް ހެރިޓޭޖް ހީނާ ވަލީދު ވިދާޅުވެއްޖެއެވެ.

ހީނާ މިފަދައިން ވިދާޅުވީ މިއަދު ރައްޔިތުންގެ މަޖިލިސް ޖަލްސާގައި މިލަންދޫ ދާއިރާގެ މެންބަރު ހަސަން މުފީދު ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުންނެވެ.

ހީނާ ވިދާޅުވީ ހުކުރު މިސްކިތުގެ މުންނާރުގައި އުވާލުމާއި ފަރުވާ ދިނުން އޮންނަނީ ވަކި މުއްދަތެއްގެ ތެރޭގައި ކުރުމަށް ކަމަށާއި މިކަމުގައި މޫސުމީ ގޮންޖެހުންތައްވެސް ކުރިމަތިވާ ކަމަށެވެ.

"ހުކުރު މިސްކިތު މުންނާރަކީ ވަކި ގޮތަކަށް ވަކި މިންގަނޑު ތަކަކަށް ބަލަހައްޓަމުން ގެންދާ ތަނެއް. މުންނާރު ބެލެހެއްޓުމުގައި ދިމާވާ އެންމެ ބޮޑު ގޮންޖެހުމަކީ ރަނގަޅު ކޮލިޓީގެ އުވަ ހޯޯދުން" ހީނާ ވިދާޅުވިއެވެ.

ހީނާ އިތުރަށް ވިދާޅުވީ މުންނާރުގައި އުވަ ލުމަށްފަހު ހިއްކުމަށް ބަހައްޓާ މުއްދަތުގައި ވާރޭ ވެހުމުގެ ސަބަބުންވެސް ދަތިތައް ކުރިމަތިވާ ކަމަށެވެ. ވަކި މުއްދަތެއްގެ ތެރޭގައި މުންނާރު މަރަމާތުކުރުން ކުރިއަށް ގެންދިޔަ ނަމަވެސް މުންނާރު މާބޮޑަށް ހަޑިވެ، ހަލާކުވަމުންދާނަމަ، ގައުމީ ތަރިކަ ރައްކާތެރިކުރާ މަރުކަޒުން މުންނާރަސް ފަރުވާދީ އެކަން ރަނގަޅުކުރުމަށް އަބަދުވެސް މަސައްކަތްކުރައްވަމުން ގެންދަވާ ކަމަށެވެ.

ރިއެކްޓް

ރަނގަޅު ރަނގަޅު 0
ސަކަރާތް ސަކަރާތް 0
ލޯބި ލޯބި 0
މަޖާ މަޖާ 0