ބޭރު މަގު ދަރުބާރުގެ ކައިރީގައި ބޮޑު އެކްސިޑެންޓެއް، އެކަކު ނިޔާވެއްޖެ
މާލޭ އުސްފަސްގަނޑު ސަރަހައްދު، ބޮޑުތަކުރުފާނު މަގު ދަރުބާރުގެ ކައިރީގައި މިއަދު ހަވީރު ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި ދިވެހި އަންހެނަކު ނިޔާވެއްޖެއެވެ. މި ހާދިސާ ހިނގާފައިވަނީ ބާރު ސްޕީޑުގައި ދަތުރުކުރި ލޮރީއަކާއި ސައިކަލެއް ޖެހިގެންނެވެ.
ފުލުހުންގެ އިދާރާއިން މައުލޫމާތު ދެއްވި ގޮތުގައި، މި އެކްސިޑެންޓުގެ ރިޕޯޓު ފުލުހުންނަށް ލިބިފައިވަނީ މިއަދު ހަވީރު 4:00 ޖަހާކަން ހާއިރުއެވެ. އެކްސިޑެންޓުވި ސަރަހައްދަށް ފުލުހުން ގޮސް މިހާރު ދަނީ މައްސަލަ ތަހުގީގު ކުރަމުންނެވެ.
އައިޖީއެމްއެޗްއާ ހަވާލާދީ ފުލުހުން ވިދާޅުވީ، މި ހާދިސާގައި އަނިޔާވި އަންހެން މީހާ ހޮސްޕިޓަލަށް ގެންދިޔައިރުވެސް ނިޔާވެފައިވާ ކަމަށެވެ. ނިޔާވި މީހާއަކީ ސައިކަލް ދުއްވަން އިން މީހާ ކަމަށްވެސް ފުލުހުން ކަށަވަރުކޮށްދީފައިވެއެވެ.
މި ހާދިސާގައި ނިޔާވެފައިވަނީ ހމ. ގޯތި ނަންބަރު 20054 (ގްރީންޕީކް) / މާލެ، އިބްރާހީމް ނާޞިޙު (39އ) އެވެ.
އޭނާ ނިޔާވެފައިވަނީ ޓްރެއިލަރ ލޮރީ ދަށުވެގެންކަން މިހާތަނަށް ބެލިބެލުމުން އެނގިފައިވާ ކަމަށާއި އަދި އުޅަނދުގެ ދަށުވާން މެދުވެރިވީ، އުޅަނދުގައި ޖެހި އެކްސިޑެންޓް ވެގެން ކަމަށް ނުބެލެވޭ ކަމަށްވެސް ފުލުހުން ބުނެފައިވެއެވެ.
މި މައްސަލަ ފުލުހުން ދަނީ އިތުރަށް ތަހުގީގުކުރަމުންނެވެ.
ރިއެކްޓް
ރަނގަޅު
0
ސަކަރާތް
0
ލޯބި
0
މަޖާ
0





