ހުދުމުހުތާރު ކަމަށް ބުނެ އަދާލަތުގެ ރައީސަކަށް ވާދަކުރާ އިކްރާމް އިންތިހާބު ބޮއިކޮޓްކޮށްފި
އަދާލަތު ޕާޓީގެ ރައީސަކު ހޮވުމަށް ބާއްވާ އިންތިހާބުގެ ކަންކަން ހިނގަނީ ދެފުށް ނުފެންނަ ގޮތެއްގައި ހުދުމުހުތާރުކޮށް ކަމަށް ބުނެ، ރައީސް ކަމަށް ވާދަކުރައްވާ ޑރ. އިކްރާމް އަބްދުއްސައްތާރު އިންތިހާބު ބޮއިކޮޓްކޮށްފިއެވެ.
އޮންލައިންކޮށް ވޯޓު ލައިގެން ބާއްވަން ނިންމާފައިވާ އިންތިހާބުގައި އިކްރާމްގެ އިތުރުން ދެން ވާދަކުރަނީ އެ ޕާޓީގެ ނައިބު ރައީސް ޝެއިޚު މުހައްމަދު ޝިފާނެވެ.
އިންތިހާބު ބޮއިކޮޓް ކުރުމަށް ނިންމައި އިކްރާމްގެ އޮފީހުން ނެރުނު ބަޔާނުގައި ބުނީ އެގޮތަށް ނިންމީ އިންތިހާބުގެ ކަންކަން ކުރަމުން ދިޔައީ، ދެފުށްފެންނަ ޢަދުލު އިންސާފުގެ އުސޫލުތަކާ ހިލާފަށް, ހުދުމުހުތާރު ނިޒާމަކަށް މަގުފަހިވާ ގޮތަށް ކަމަށްވާތީ ކަމަށެވެ.
އަދި މިގޮތުން އިންތިހާބުން ވަކި ނަތީޖާއެއް ނެރުމަށް މަސައްކަތް ކުރާ ކަމަށް ވެސް އޭނާ ތުހުމަތުކޮށްފައިވެއެވެ.
އިކްރާމް އިންތިހާބު ބޮއިކޮޓް ކުރާ އެންމެ ބޮޑު ސަބަބެއްގެ ގޮތުގައި ފާހަގަކޮށްފައިވަނީ ކުރާރުކޮށް އެދުމުން ވެސް ވޯޓުފޮށި ބަހައްޓައިގެން ޕާޓީގެ ޢާއްމު މެންބަރުން ތާއީދުކުރާ ކެންޑިޑޭޓަކަށް ވޯޓުލުމުގެ ޙައްޤު މެންބަރުންނަށް ނުދިނުމަށް ޕާޓިން ނިންމާފައިވުމެވެ.






ރިއެކްޓް