ދުނިޔެ

ހޫތީން ހަމަލާދީ ގޮއްވާލި އާގުބޯޓު އަޑިއަށް ގޮސްފި

ޖުލައި 10, 2025 - 08:32
 0
ހޫތީން ހަމަލާދީ ގޮއްވާލި އާގުބޯޓު އަޑިއަށް ގޮސްފި
ހޫތީން ހަމަލާދީ އަޑިއަށް ފޮނުވާލި ބޯޓެއް -- ބީބީސީ

އިސްރާއިލަށް ދަތުރުކުރަމުން ދިޔަ މުދާ އުފުލާ ބޯޓަކަށް ޔަމަނުގެ ހޫތީން ދިން ހަމަލާގައި ގެއްލުންވި ބޯޓު އަޑިއަށް ގޮސްފިއެވެ. 

މި ހަމަލާގައި ބޯޓުގައި ތިބި 25 ފަޅުވެރިންގެ ތެރެއިން ހަތަރު މީހަކު މަރުވެފައިވާކަން ވަނީ ކަށަވަރުވެފައެވެ.

އިނގިރޭސިވިލާތުގެ އަސްކަރިއްޔާއިން ހާމަކުރި ގޮތުގައި މި ބޯޓު ފެތިފައިވަނީ ޔަމަނުގެ ހުދައިދާގެ ހުޅަނގުން 51 ނޯޓިކަލް މޭލު ދުރުންނެވެ. އަދި ހަމަލާއާ ގުޅިގެން ބޯޓުގައި ތިބި ފަޅުވެރިންގެ ތެރެއިން ހަ މީހަކު ސަލާމަތްކުރެވިފައި ވާކަމަށާއި 15 މީހުން އަދިވެސް ނުފެންނަކަމަށް އިޒްރޭލުގެ އަސްކަރިއްޔާއިން ވަނީ ބުނެފައެވެ.

ހޫތީންގެ އަސްކަރީ ތަރުޖަމާނު ޔަހުޔާ ސަރީ ވިދާޅުވި ގޮތުގައި އިސްރާއިލަށް ދަތުރުކުރަމުން ދަނިކޮށް މި ބޯޓު ގޮއްވާލާފައިވަނީ، މީހަކާ ނުލައި ޑްރޯންއާއި މިސައިލު ބޭނުންކޮށްގެން ކަމަށާއި، މިއީ ފަލަސްތީނުގެ ރައްޔިތުންގެ ހައްގުގައި ދިން ހަމަލާއެއް ކަމުގައެވެ.

ބޯޓުން ސަލާމަތްކުރެވުނު ހަ މީހުންގެ ތެރޭގައި ހިމެނެނީ ފިލިޕީންސްއަށް ނިސްބަތްވާ ފަސް މީހަކާއި އިންޑިޔާގެ މީހެކެވެ. މި ހަމަލާއަކީ ހޫތީން ފަހަކަށް އައިސް ރަތު ކަނޑުގައި ދެމުންދާ ހަމަލާތަކުގެ ތެރެއިން އެންމެ ވަރުގަދަ އެއް ހަމަލާއެވެ.

މި ހަމަލާގެ ކުރިން ހޫތީން ވަނީ "މެޖިކް ސީސް" ނަމަކަށް ކިޔާ އެހެން ބޯޓަކަށްވެސް ހަމަލާދީ، އެ ބޯޓު ފައްތާލާފައެވެ. އެހެންނަމަވެސް، އެ ހަމަލާގައި ބޯޓުގެ އެންމެހާ ފަޅުވެރިން ވަނީ ސަލާމަތްކުރެވިފައެވެ.

ރިއެކްޓް

ރަނގަޅު ރަނގަޅު 0
ސަކަރާތް ސަކަރާތް 0
ލޯބި ލޯބި 0
މަޖާ މަޖާ 0