ލަންކާގެ ކުރީގެ ރައީސް ރަނިލްއަށް އައިސީޔޫގައި ފަރުވާ ދެނީ

ސްރީ ލަންކާގެ ކުރީގެ ރައީސް ރަނިލް ވިކްރަމަސިންހަ އަށް ކޮލޮމްބޯގެ ނޭޝަނަލް ހޮސްޕިޓަލްގެ އައިސީޔޫގައި އެނދުމަތިކޮށް ފަރުވާދޭން ފަށައިފިއެވެ.
އޭނާ އައިސީޔޫގައި އެނދުމަތިކޮށްފައި ވަނީ ބަންދުގައި ހުންނަވަނިކޮށް ޙާލު ދެރަވުމާ ގުޅިގެންނެވެ.
ހޮސްޕިޓަލްގެ ޑެޕިއުޓީ ޑިރެކްޓަރު، ޑރ. ރުކްޝާން ބެލާނާ ވިދާޅުވި ގޮތުގައި، ވިކްރަމަސިންހަގެ ޙާލަތު ހުރި ގޮތުން އެމަޖެންސީ ޑިޕާޓުމަންޓުގައި ފަރުވާ ދިނުމުގެ ބަދަލުގައި އައިސީޔޫގައި ފަރުވާ ދިނުމަށް ޑޮކްޓަރުން ވަނީ ލަފާދީފައެވެ. އޭނާ ނޭޝަނަލް ހޮސްޕިޓަލަށް ބަދަލުކުރެވުނީ ޖަލުގެ ހޮސްޕިޓަލުގައި ނުދެވޭ ޚާއްޞަ ފަރުވާއެއް ބޭނުންވާތީއެވެ.
ވިކްރަމަސިންހަ ހައްޔަރުކޮށްފައި ވަނީ އޮގަސްޓު 22 ވަނަ ދުވަހު، ދައުލަތުގެ މުދަލާއި ފައިސާ ނަހަމަ ގޮތުގައި ބޭނުންކުރެއްވުމުގެ ތުހުމަތުގައެވެ. ކޯޓުން ވަނީ އޭނާ އޮގަސްޓު 26 ވަނަ ދުވަހާ ހަމައަށް ބަންދުގައި ބެހެއްޓުމަށް އަމުރުކޮށްފައެވެ.
ސީއައިޑީގެ ތަޙުޤީޤަށް ހާމަވެފައިވާ ގޮތުގައި، ވިކްރަމަސިންހަ 2023 ވަނަ އަހަރުގެ ސެޕްޓެންބަރު މަހު ލަންޑަނަށް ކުރެއްވި އަމިއްލަ ދަތުރުފުޅަށް ދައުލަތުގެ ފައިސާއިން 16.9 މިލިއަން ސްރީ ލަންކަން ރުޕީސް (ގާތްގަނޑަކަށް 58,176 އެމެރިކާ ޑޮލަރު) ޚަރަދުކުރައްވާފައިވެއެވެ. މި ދަތުރުފުޅަކީ އޭނާގެ އަނބިކަނބަލުންގެ ދަސްވެނިވުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުމަށް ކުރެއްވި ދަތުރުފުޅެކެވެ.
ސީއައިޑީގެ ރިޕޯޓުގައި ފާހަގަކޮށްފައިވާ ގޮތުގައި، މި ދަތުރުފުޅުގައި ވިކްރަމަސިންހަގެ އަރިހުގައި އިތުރު 10 ބޭފުޅުން ބައިވެރިވެވަޑައިގެންފައިވެއެވެ. އަދި މިއީ ކިއުބާއާއި އެމެރިކާއަށް ކުރައްވަމުން ގެންދެވި ދަތުރުފުޅެއްގެ މެދުތެރެއިން ކުރެއްވި ދަތުރުފުޅެކެވެ.
ރިއެކްޓް



