ދުނިޔެ

އީރާނުން އިޒްރޭލަށް ވަރުގަދަ މިސައިލް ހަމަލާތަކެއް ދީފި

8 ޖޫން 2026 - 09:30
އީރާނުން އިޒްރޭލަށް ވަރުގަދަ މިސައިލް ހަމަލާތަކެއް ދީފި
ފޮޓޯ: އަލްޖަޒީރާ

ދުވަސްކޮޅެއްްގެ މެދުކެނޑުމަކަށްފަހު އަނެއްކާވެސް އީރާން އެމެރިކާ ހަނގުރާމަ ފަށައިފިއެވެ.

އެމެރިކާއާއި އިޒްރޭލުން ބައިވެރިވާ ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމާއި އިޒްރޭލުން ތަކުރާރުވަމުންދާތީ އޭގެ ރައްދެއްގެ ގޮތުން އީރާނުން ވަނީ ރޭގެ ވަގުތެއްގައި އިސްރާއީލަށް މިސައިލް ހަމަލާ ދޭން ފަށައިފިއެވެ.

މި ހަމަލާތަކާ ގުޅިގެން އިސްރާއީލުގެ އެކި ސަރަހައްދުތަކުގައި ސައިރަންގެ އަޑު މެދުނުކެނޑި ގުގުމަމުންދާއިރު ބެލެސްޓިކް މިސައިލް ބޭނުން ކޮށްގެން އިސްރާއީލުގެ އަސްކަރީ ވައިގެ މަރުކަޒަކަށް އީރާނުން ވަނީ ހަމަލާދީފައެވެ.

އީރާނުން ފޮނުވާލި ބައެއް ހަމަލާތައް އިސްރާއީލުގެ ބައެއް ސަރަހައްދުތަކަށް ވެއްޓިފައިވާ ކަމަށް މެދުއިރުމަތިގައި ހަރަކާތްތެރިވާ ބައެއް މީޑިއާތަކުން ރިޕޯޓްކޮށްފައިވާއިރު، އިސްރާއީލުން ވަނީ މި ހަމަލާތައް ހުއްޓުވާފައިވާކަމަށް ބުނެފައެވެ. ނަމަވެސް މި ހަމަލާތަކުގެ ބަދަލުގައި އީރާނަށް ހަމަލާދޭނެ ކަމަކަށް އިޒްރޭލުން އަދި ބުނެފައެއް ނުވެއެވެ.

އިޒްރޭލުން އީރާނަށް ރައްދުގައި ހަމަލާ ނުދިނުމަށް އެމެރިކާގެ ރައީސް އިޒްރޭލަށް އަންގަވާފައިވާއިރު، އިޒްރޭލުން މި އަމުރަށް ތަބާވާނެ ކަމަށް ބެލެވެއެވެ.

ރިއެކްޓް

ރަނގަޅު ރަނގަޅު 1
ސަކަރާތް ސަކަރާތް 0
ލޯބި ލޯބި 1
މަޖާ މަޖާ 0